ދިވެހިރާއްޖެ އާއި ސިންގަޕޫރުގެ ގުޅުން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތައް ކުރެއްވި ފަރާތްތަކުގެ އަގުވަޒަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ފިލާ ދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ދިވެހިރާއްޖެ އާއި ސިންގަޕޫރުގެ ގުޅުން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތައް ކުރެއްވި ފަރާތްތަކުގެ އަގުވަޒަންކުރައްވައިފި

20 ކުންފުންޏާއި އަމިއްލަ 17 ފަރާތަކަށް ހަނދާނީ ފިލާ އެރުވި

6 hours ago - 05:56
Jul 2, 2025 - 05:57
Advertisement
Advertisement

 ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ހަރުދަނާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ވަކިވަކި ފަރުދުންނާއި ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހި ސަރުކާރުން އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވައިފިއެވެ. އެ ފަރާތްތަކާ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ، "ދިވެހިރާއްޖެ-ސިންގަޕޯރ ބިޒްނަސް ފޯރަމް 2025" ގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

އެފަރާތްތަކުގެ އަގު ވަޒަންކުރެއްވީ ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަދާކުރެއްވި ދައުރާއި އިޤްތިޞާދީ ގުޅުން ބަދަހިކޮށް ވުނޭރުކަން ފުޅާކުރުމަށް އަދާކުރެއްވި ދައުރުގެ އަގުވަޒަންކުރައްވައި، ދެ ޤައުމަށް ނިސްބަތްވާ 17 ބޭފުޅުންނާއި 20 ކުންފުންޏަކަށް،  ޝަރަފު ވަނީ އަރުވާފައިވެއެވެ.

‎ހަނދާނީ ފިލާ ދެއްވި ބޭފުޅުންނަކީ:
‎1- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ)، އަލްމަރްޙޫމް ޢަލީ ޢުމަރު މަނިކު
‎2- ނިޝާން ކަލާފާނުގެ ޝަރަފުގެ ވެރިޔާ، އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު)
‎3- އަލްމަރްޙޫމް ޑ. އަޙްމަދު ދީދީ
‎4- އަލްމަރްޙޫމް މުޙައްމަދު އާދަމް މަނިކު (ސަރަނގު މުޙައްމަދު ކަލޭފާނު)
‎5- މުޙަންމަދު ވަޙީދުއްދީން
‎6- ޙަސަން ޒާހިރު
‎7- އިސްމާޢީލް ޙިލްމީ
‎8- އަލްމަރްޙޫމް ދިއްދޫ އިބްރާހީމް ކަލޭފާނު
‎9- އަލްމަރްޙޫމް އާދަމް ޝުކުރީ
‎10- އަލްމަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ މުޙައްމަދު ޔޫސުފް)
‎11- މުޙައްމަދު ޞާލިޙް
‎12- ޢަލީ އަޙްމަދު (މިނާގޭ ކުޑަ ތުއްތު)
‎13- މައްލާ އަޙްމަދު ނާޞިރު
‎14- މުޙައްމަދު ޝަހުދީ އަންވަރު
‎15- މުޙައްމަދު ޢަލީ ޖަނާހް
‎16- ޝުޢައިބް މުޙައްމަދު ޝާހް
‎17- ކެނެތް ޕެރޭރާ

‎ހަނދާނީ ފިލާ ދެއްވި ޖަމުޢިއްޔާ ޖަމާޢަތްތަކަކީ:
‎1- ސިންގަޕޯރ އެއާލައިންސް
‎2- ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)
‎3- ސިންގަޕޯރ އެއާޕޯޓް ޓަރމިނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (އެސް.އޭ.ޓީ.އެސް)
‎4- ޕޮންޓިއެކް ލޭންޑް ގްރޫޕް
‎5- ޖޯންސް ލޭންގ ލަސެލް (ޖޭ.އެލް.އެލް)
‎6- ބޮންވެސްޓްސް ހޯލްޑިންގްސް ލިމިޓެޑް
‎7- ސީ.ޑީ.އެލް ހޮސްޕިޓަލިޓީ ޓްރަސްޓް
‎8- ވިލާ ގްރޫޕް
‎9- ޗަންޕާ ބްރަދަރސް ޕްރައިވެޓް ލިމިޓެޑް
‎10- ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް
‎11- ކިއޮންގ ހޮންގ ހޯލްޑިންގްސް ލިމިޓެޑް
‎12- ކްރެސެންޑަސް ގްރޫޕް
‎13- ބަންޔަން ޓްރީ ހޯލްޑިންގްސް ލިމިޓެޑް
‎14- އެސް.ސީ ކެޕިޓަލް
‎15- ޗިޕް އެންގ ސެންގ
‎16- ޑީ.ބީ.އެސް ބޭންކް
‎17- ޔޫ.އޯ.ބީ
‎18- އޯ.ސީ.ބީ.ސީ
‎19- ޔުނިވަރސަލް ގްރޫޕް
‎20- ޝިއު ޓެންގ ގްރޫޕް

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement