ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ޤާނޫނުގެ ދަށުން ފުރަތަމަ އިންވެސްޓްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު: ފޮޓޯ-ތިމާވެއްޓާބެހޭ ވުޒާރާ

ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ޤާނޫނުގެ ދަށުން ފުރަތަމަ އިންވެސްޓްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފި

ފުރަތަމަ އިންވެސްޓްމަންޓަކީ ސޯލާ ހަކަތަ ނިޒާމެއް ތަރައްޤީކުރުން

11 hours ago - 06:08
Jul 2, 2025 - 06:08
Advertisement
Advertisement

ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ޤާނޫނުގެ ދަށުން ފުރަތަމަ އިންވެސްޓްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހީމް އެވެ. މިއެއްބަސްވުން އެކުލަވާލާފައިވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެކުގައެވެ.

މިއަހަރުގެ ކުރީކޮޅު މި މަޝްރޫޢަށް ތަރައްޤީކުރުމުގެ ހުއްދަ (ޑިވެލޮޕްމަންޓް ޕާމިޓް) ދިނުމަށްފަހު، އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން، އިންވެސްޓަރު ވެފައިވަނީ މާލެ ސަރަޙައްދުގެ މައި ގްރިޑާ ގުޅޭގޮތަށް، ކަނޑުއަޑީގެ ކޭބަލް މެދުވެރިކޮށް، 100 މެގަވޮޓުގެ ފްލޯޓިންގ ސޯލާ ހަކަތަ ނިޒާމެއް ތަރައްޤީކޮށް ހިންގުމަށެވެ.

މި މަޝްރޫޢަކީ ދިވެހިރާއްޖެއަށް ސާފު ހަކަތަ ފޯރުކޮށްދިނުމުގެ މަޝްރޫޢެކެވެ. މި ނިޒާމަކީ ޒަމާނީ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްސް (ބީ.އީ.އެސް.އެސް) އިން ތަރައްޤީކޮށްފައިވާ ނިޒާމެއްކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ބެޓެރީ ނިޒާމުގެ ސަބަބުން ސާފު ހަކަތަ ފޯރުކޮށްދިނުމުގައި އިތުބާރު ހިފޭނެކަން ކަށަވަރުކުރުމުގެ އިތުރުން، ހަކަތަ ބޭނުންކުރުމުގައި ހަރުދަނާކަން އިތުރުވެގެންދާނެކަންވެސް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމަކީ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުތަކުގެ ޤާނޫނުގެ ދަށުން ސޮއިކުރި ފުރަތަމަ އެއްބަސްވުން ކަމަށްވުމުން، މިއީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އިންވެސްޓްމަންޓްގެ އައު ދޮރުތައް ހުޅުވައިލެވުނުކަމުގެ ހެއްކެއްކަމަށް މިނިސްޓްރީން ދެކެއެވެ. މީގެ ސަބަބުން ރާއްޖެއަށް ސީދާ ބޭރުގެ އިންވެސްޓްމަންޓްތައް (އެފް.ޑީ.އައި) އިތުރުވެ، އިޤްތިޞާދު ބައްޓަންކުރުމަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރެވެއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ހަކަތައިގެ ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެކެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement