
ހުކުރު ވަގުތު ފުރާޅުން ޓިނު ނަގައިގެން ވައްކަން ކޮށްފި
ހުކުރު ވަގުތު ފުރާޅުން ޓިނު ނަގައިގެން ވައްކަން ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިއަދު ހުކުރު ވަގުތު ފުރާޅުން ޓިނު ނަގައިގެން ވައްކަންކޮށްފައި ވަނީ މާލޭގައި ހުންނަ އެމްޓީސީސީ ވިލިމާލެ ފެރީ ޓަރމިނަލްގައި ހުންނަ ފިހާރައިންނެވެ. އެފިހާރައިން ވަގަށް ގެންދިޔައީ ފޯނަކާއި ފައިސާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ވައްކަން ކުރި މީހާ ހައްޔަރު ކުރި ކަމެއް ނޫން ކަމެއް އަދި ނުބުނެއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






