އިންޑިޔާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅުއްވައިފި
އިންޑިޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު: ފޮޓޯ-ފްރީ ޕްރެސް ޖަރނަލް

އިންޑިޔާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅުއްވައިފި

1 year ago - 18:03
Nov 25, 2024 - 18:03
Advertisement
Advertisement

އިންޑިޔާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅުއްވައިފި އެވެ. އިންޑިޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ނައިޖީރިޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޖީ ބަލަސުބްރަމަނިއަން އެވެ.

އާ ސަފީރު ވަރަށް އަވަހަށް މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އިންޑިޔާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައެޅުއްވީ މިހާރު ހުންނެވި ސަފީރު މުނޫ މަހާވަރުގެ ދައުރު މިމަހު ހަމަވާތީ އެވެ. މުނޫ މަހާވަރު ރާއްޖެއަށް ކަނޑައެޅުއްވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އަލަށް ކަނޑައެޅުއްވި ސަފީރު ޖީ ބަލަސުބްރަމަނިއަން އަކީ 1998 ވަނަ އަހަރުން ފެށިގެ ޚާރިޖީ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެކުރިން ބެންކޮކް, މޮސްކޯ, އަދި އިންޑިޔާގެ މިޝަންގައިވެސް މަސައްކަތް ކުރައްވާފައެވެ.

މިސަރުކާރު ވެރިކަމަށް އިންތިޚާބުވެ ދެގައުމުގެ ގުޅުން ގޯސްކޮށް އޮތަސް, އެގުޅުން މިހާރު އަންނަނީ ބަދަހިވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އިންޑިޔާގެ އެހީގައި ހިންގާ ގިނަ މަޝްރޫއުތަކެއް އެކި މަރުހަލާގައި އެބަހުއްޓެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement