ޑީލް ހަދަން ޓްރަމްޕް އީރާނަށް ބިރުދައްކަނީ, އީރާން އޮތީ ދޫދޭގޮތަކަށް ނޫން!
އީރާންގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއި. ފޮޓޯ: ރޮއިޓާސް

ޑީލް ހަދަން ޓްރަމްޕް އީރާނަށް ބިރުދައްކަނީ, އީރާން އޮތީ ދޫދޭގޮތަކަށް ނޫން!

އިރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަދި ރައީސް ވެސް ވަނީ އިޒްރާއިލްއިން ވޭންދެނިވި އަގެއް ދައްކަންޖެހޭނެކަމަށް ބުނެފައި

17 hours ago - 20:25
Jun 13, 2025 - 20:42

އީރާނުން އެމެރިކާގެ ޑިމާންޑްތަކަށް ބޯލަނބާ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ޑީލެއް ހަދަން ބިރުދެއްކިއަސް އީރާނުން އޮތީ ދޫދޭ ގޮތަަކަށް ނޫންކަމަށާއި, އިޒްރާއިލްއިން ދިން ހަމަލާތަކުގެ ވަރުގަދަ ރައްދެއް ދޭނެކަމަށް އިރާނުން ބުނެފިއެވެ. 

އީރާންގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްކަމަށް ބުނެ އިޒްރާއިލްއިން ރޭ ދިން ވަރުގަދަ ހަމަލާތަކުގައި އީރާންގެ އަސްކަރީ އިސް ދެ ކޮމާންޑަރަކާއި, ނިއުކްލިއަރ ސައިންޓިސްޓުންތަކެއް ވަނީ  ޝަހީދުކޮށްލާފައި ކަމަށް އީރާންގެ ރޫހާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއި ވަނީ ވިދާޅުވެފައެވެ. 

"އެކަމުގެ ބަދަލު ވޭންދެނިވި ގޮތަކަށް އިޒްރާއިލްގެ ކިބައިން ހިފާނަށް" އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޚާމަނާއި ވިދާޅުވެފައި ވެއެވެ. އީރާނުގެ ރައީސް މަސޫދް ޕެޒެޝްލިއަން ވަނީ "ނަހަލާލު ސަޙްޔޫނީ ދައުލަތުން އީރާނުގެ އަސްކަރީ ކޮމާންޑަރުންގެ އިތުރުން އާންމުންނާއި ކުޑަކުދިން މަރާފައިވާ ވުން ކުށްވެރިކުރާ ކަމަށާއި, އެކަމުގައި މަޑުން ނުތިބޭނެ" ކަމަށް ވިދާޅުވެފައެވެ.

ޕެޒެޝްކިއަން އިތުރަށް ވިދާޅުވީ ސަޙްޔޫނީ ދައުލަތް މުލުން ލުހެލާނެ ކަމަށާއި, އަންހެނުންނާއި ކުޑަކުދިން އަޅުވެތިކޮށް އެމީހުން މަރާ މެރުމަށް ނިމުން ގެންނާނެ ކަމަށެވެ. އަދި ދުޝްމަނުންނަށް ވަރުގަދަ ރައްދު ހަމަލާ ދޭނެކަމަށްވެސް އީރާނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement
Advertisement

އެމެރިކާގެ ސްކެރްޓަރީ އޮފް ސްޓޭޓް މާކޯ ރުބީނޯ މިއަދު ވަނީ އިޒްރާއިލްގެ ހަމަލާތަކުގައި އެމެރިކާގެ ބައިވެރިވުމެއް ނެތްކަމަށް ބުނެ އެކަމުން ބަރީއަވެފައެވެ. ނަމަވެސް އީރާންއިން ރައްދުހަމަލާ ދޭނެކަމަށް ބުނުމުން ޓްރަމްޕް އޭނާގެ މީސްމީޑިއާ 'ޓްރުތް' ގައި ބުނެފައިވަނީ އީރާނުން ހަމަލާ ދީފިނަމަ ދެން އީރާނަށް ދިނުމަށް "ޕްލޭންކޮށްފައި އޮތް ހަމަލާ" ކުރިއަށްވުރެ "މާ ވަރުގަދަ ވާނެ" ކަމުގައެވެ. 

އަދި އީރާނުގެ އޮފިޝަލުންނަށް ވަނީ "ހުރިހާ އެއްޗެއް ނެތިދިއުމުގެ ކުރިން"ޑީލް ހެދުމަށް ވެސް އަންގާފައެވެ

"އީރާނުން ޖެހޭނީ ޑީލް ހަދަން , ހުރިހާ އެއްޗެއް ނެތިދިއުމުގެ ކުރިން. މާ ލަސްވުމުގެ ކުރިން ޑީލް ހަދާ" ޓްރަމްޕްލިޔެފައި ވެއެވެ. އެހެން ޕޯސްޓެއްގައި ޓްުރަމްޕް ބުނެފައިވަނީ މީގެ ދެ މަސް ދުވަސް ކުރިންވެސް ޑީލް ހެދުމުގެ 60 ދުވަހުގެ މުހުލަތެއް އޭނާ އީރާނަށް ދިންކަމަށް ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow