ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި
މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ ދެމީހުން / ފޮޓޯ: ފުލުހުންގެ އިދާރާ

ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

12 months ago - 10:00
Apr 18, 2025 - 11:04
Advertisement
Advertisement

ހުޅުމާލެއިން މަސްތުވާތަކެއްޗާއި ވޭޕާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރީ މ. އަލިހަވާ / މާލެ ރާއިފް ޔޫސުފް (28 އަހަރު) އާއި ރާއިގް ޔޫސުފް (28 އަހަރު) އެވެ.

ފުލުހުން ވިދާޅުވީ އެ ދެމީހުން ހައްޔަރުކުރެވުނީ ރޭ ހުޅުމާލޭގައި ހިންގި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއްގައިކަމަށެވެ. އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި، އެހެނިހެން ބައެއް ތަކެތި ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި ފްލޭވަރ ފުޅިތަކަކާއި، ވީޑް ގްރައިންޑަރަކާއި، ވޭޕްތަކާއި، ކަޓަރަކާއި އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތައް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މައްސަލައިގެ ތަހުގީގު އެއިދާރާއިން ކުރިއަށް ގެންދަވާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement