ޤައުމިއްޔަތުގެ އެއް ބަހާއަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް: ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ޤައުމިއްޔަތުގެ އެއް ބަހާއަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް: ރައީސް މުއިއްޒު

2 months ago - 11:23
Apr 18, 2025 - 11:49
Advertisement
Advertisement

ޤައުމިއްޔަތުގެ އެއް ބަހާއަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޤައުމެއްގެ ގޮތުގައި ދެމިތިބެވޭނީ ތާރީޚީ ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށްގެން ކަމަށެވެ.

"ޤައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް. ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން." ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް 18 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ޔުނެސްކޯއިން ނިންމީ 1983 ވަނަ އަހަރުގައެވެ.

Advertisement
Advertisement

ރާއްޖޭގައި ހުރި ތަރިކައާއި އަސާރުތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ބޮޑުތިލަދުންމަތީގެ އަތޮޅުތަކުގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތެއް ތަންފީޒުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ޤައުމީ ފެންވަރުގައި ފާހަގަކުރާ ތާރީޙީ ޤައުމީ ދުވަސްތައްވެސް ފާހަގަކުރުމަށް ސަރުކާރުން ހަމަޖައްސާފައި ވަނީ ތާރީޙި ހާދިސާތައް ހިނގާފައިވާ ރަށްތަކާއި ޤައުމީ ބަޠަލުން ނިސްބަތްވާ ރަށްތަކުގައެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުވެސް ޤައުމީ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ޤައުމީ ދުވަސް އެބޭފުޅަކަށް ނިބަތްވާ ބޮޑުތަކުރާފާނުގެ އުފަންރަށް ހއ. އުތީމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement