ލޭބާރ ރިލޭޝަން އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށް ބަދަލުކޮށްފި
ފޮޓޯ: ސޯޝަލް މީޑިއާ

ލޭބާރ ރިލޭޝަން އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށް ބަދަލުކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި

1 month ago - 19:22
Advertisement

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތަށް ލޭބާރ ރިލޭޝަންސް އޮތޯރިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފިއެވެ.

މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި މިވަނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިވަޑައިގަންވާ އިޚްތިޔާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވިއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީ މީގެ ކުރިން ހިނގަމުން އައީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށްޓަކައި އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ކުރައްވާ އެންމެހައި މަސައްކަތްތައް ކުރައްވަމުން އަންނަނީ ޒަމާނުއްސުރެ ދާޚިލީ ވުޒާރާގެ ގޮތުގައި ހިންގަމުން ގޮސްފައިވާ ވުޒާރާގެ މަސައްކަތްތައް ފުޅާ ކުރައްވައި އެ ވުޒާރާގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

އެގޮތުން ދާޚިލީ ސަލާމަތާ ރައްކާތެރިކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެ ވުޒާރާގެ ދަށަށް ބަދަލު ކުރައްވައި ފުޅާދާއިރާއްގައި ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެގޮތުން ސަރުކާރުން ވަނީ ދާޚިލީ ސަލާމަތަށް އެންމެ ބޮޑެތި ނުރައްކާތައް ހުރި ދިމާތައް ފާހަގަކޮށް އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ފަށާފައެވެ.

އޭގެ ތެރޭގައި ބިދޭސީންނާ ގުޅުހުންހުރި އެންމެހައި މަސައްކަތްތައް ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement