ޝަހީމްގެ ދިފާޢުގައި ޝައިޚް އިމްރާން: ޚިޔާލު ތަފާތުވުމަކީ އަބުރުކަތިލުމަށް ހުޅުވޭ ދޮރަކަށް ވެގެން ނުވާނެ

ޝަހީމްގެ ދިފާޢުގައި ޝައިޚް އިމްރާން: ޚިޔާލު ތަފާތުވުމަކީ އަބުރުކަތިލުމަށް ހުޅުވޭ ދޮރަކަށް ވެގެން ނުވާނެ

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އަދި ޑރ. ޝަހީމްގެ ޒަމާންވީ އެކުވިރިޔާ ޝައިޚް އިމްރާން ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވުމަކީ އަބުރު ކަތިލައި އަގުވައްޓާލުމަށް ހުޅުވާލެވޭ ދޮރަކަށް ވެގެން ނުވާނެ ކަމަށް

1 month ago - 18:59

 

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ގުޅޭ ގޮތުން ފަތުރަމުންދާ ދޮގުވާހަކަތަކާ ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ނުކުންނަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އަދި ޑރ. ޝަހީމްގެ ޒަމާންވީ އެކުވިރިޔާ ޝައިޚް އިމްރާން ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވުމަކީ އަބުރު ކަތިލައި އަގުވައްޓާލުމަށް ހުޅުވާލެވޭ ދޮރަކަށް ވެގެން ނުވާނެ ކަމަށެވެ.

ޝެއިޚް އިމްރާން ވިދާޅުވީ ޑރ. ޝަހީމްގެ އަބުރު ކަތިލުމަށްޓަކައި ވީޑިއޯ ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ދޮގު ޚަބަރު ފެރުން އާންމު އެކްސް އެކައުންޓެއް ކަމަށްވާ ހަސަން ކުރުސީ ވަނީ ބަދުއަޚްލާގީ އަމަލް ހިންގަވީޑިއޯ އެއް އާންމުކޮށް އެއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ކަމަށް ބުނެ އޭނާގެ އަބުރު ކަތިލުމަށް މަސައްކަތް ކޮށްފައެވެ.

ނަމަވެސް އެ ވީޑިއޯގެ އަސްލު މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު ޝަހީމަށް ކުރެވުނު ތުހުމަތު ތަކަކީ ހަސަން ކުރުސީގެ އެކައުންޓުން ޝަހީމްގެ އަބުރު ކަތިލުމަށް ހިންގި ކަމެއްކަން ފަޅާ އަރައި އަދި ފަހުން އޭނާ ވަނީ އެއީ ދޮގެއް ކަމަށް ބުނެ ބަޔާނެއްވެސް ނެރެފައެވެ.

ސަރުކާރާ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ޖެހިލުންވާ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްލާމިކް ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމުގެ އަބުރު ކަތިލުމަށްޓަކައި ސިލްސިލާކޮށް ފަހަކަށް އައިސް މީސް މީޑިއާގައި އަންނަނީ ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.

އެހެން ނަމަވެސް ޑރ. ޝަހީމް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުންނާއި ތާއީދުކުރައްވާ ފަރާތްތަކުން އަންނަނީ ޝަހީމްގެ ދިފާއުގައި މީސް މީޑިއާގައި ޝުއޫރުތައް ފާޅުކުރައްވަމުންނެވެ.

އޭގެ ތެރޭގައި އެމަނިކުފާނާ ސިޔާސީ ގޮތުން ޚިޔާލު ތަފާތު އެހެން ނަމަވެސް ޒަމާންތަކެއް ވަންދެން އެކުވެރިކަމާއެކު އުޅުއްވި އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އިސްބޭފުޅުން ހިމެނެއެވެ.

މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވެފައިވަނީ މިހާރުގެ ސަރުކާރުގައި ހުންނެވި އެންމެ ހިންގުންތެރި ވަޒީރަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow