މާލޭގެ ބައެއް ސަރަހައްދުތަކަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

2 hours ago - 19:13
Advertisement
Advertisement

މާލޭގެ އެކި ހިސާބުތަކަށް މިއަދު މެންދުރުގެ ވަގުތެއްގައި އުދައަރައި، މަގުތަކުގައި ފެންބޮޑުވެ އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.


މިއަދު އުދައަރާފައިވަނީ މާލެ ސަރަހައްދަށް ދިޔަވަރު އެންމެ ބޮޑުވި ވަގުތު ކަމަށްވާ މެންދުރު 11:53 ހާއިރުއެވެ. އެ ވަގުތު ކަނޑުގެ ދިޔަވަރު ހުރީ 0.74 މީޓަރުގައެވެ. އުދައެރުމުގެ ސަބަބުން މާލޭގެ އިރުމަތީ ފަރާތާއި ދެކުނުފަރާތުގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ފެން ހިންދުމުގެ މަސައްކަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.


މި ހާދިސާގައި އެންމެ ބޮޑަށް އުދައެރި އެއް ސަރަހައްދަކީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖެވެ. އެ ސަރަހައްދަށް އެރި ވަރުގަދަ ރާޅުތަކާއެކު، އެތަނުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ވެއްޓި، ލޮނުގެ އަސަރުކޮށްގެން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެ އިތުރުން ރާޅުގަނޑު ސަރަހައްދަށް އުދައެރުމުގެ ސަބަބުން ބޮޑުތަކުރުފާނު މަގުގެ ބޮޑު ސަރަހައްދަކަށް ލޮނާއި ވެލި އަދި ގައު ފެތުރިފައިވެއެވެ.


މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު މޫސުން އާންމު ގޮތެއްގައި ރަނގަޅު ނަމަވެސް، ރާޅުގެ އުސްމިން ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ހުރުމުގެ ސަބަބުން މާދަމާވެސް އުދައެރުމުގެ ފުރުސަތު އެބައޮތެވެ.


މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ މަގުތައް ސާފުކޮށް، އާންމު ދަތުރުފަތުރަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އުދައަރާ ވަގުތުތަކުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement