ޖޭއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
މުޖުތާޒު ޖޭއެސްސީއަށް ވަނީ އައްޔަންކުރައްވާފަ: ފޮޓޯ-ރައީސް އޮފީސް

ޖޭއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި

8 months ago - 09:51
Sep 17, 2025 - 09:51
Advertisement
Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، މއ. ސިގްމާ، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އަލްއުސްތާޛު މުޙައްމަދު މުޖްތާޒަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން މުޖްތާޒާ ޙަވާލުކޮށްދެއްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންނެވެ. މުޖުތާޒު އެކޮމިޝަންގެ މެމްބަރު ކަމަށް އައްޔަންކުރެއްވީ މިއަހަރުގެ އޭޕްރީލް މަހުއެވެ. ރައީސްކަމަށް އައްޔަންކުރެއްވުމާ ހަމައަށް ހުންނެވީ ނައިބުރައީސް ކަމުގައެވެ.

ސިވިލްސަރވިސް ކޮމިޝަންގެ ރައީސްކަމުގައި މިހާތަނަށް ހުންނެވި މުޙައްމަދު ނާސިހު މިހާރު ވަނީ ނައިބުރައީސް ކަމަށް އައްޔަންކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement