ފަހުވަގުތު ސްޓާލިންގ އާސެނަލްއަށް ބަދަލު ވެއްޖެ
ސްޓާލިންގ އާސެނަލްއަށް ސޮއިކުރަނީ: ފޮޓޯ-އާސެނަލް

ފަހުވަގުތު ސްޓާލިންގ އާސެނަލްއަށް ބަދަލު ވެއްޖެ

ސްޓާލިންގ ސޮއިކުރީ ލޯނު އެއްބަސްވުމެއްގައި

17 days ago - 08:02

ޗެލްސީގެ އާކޯޗު މަރެސްކާގެ ޕްލޭނުގައި ނުހިމެނި ބާކީވި, އިނގިރޭސި ފޯވާޑް ފަހު ވަގުތު އާސެނަލް އަށް ބަދަލުވެއްޖެއެވެ. 

ސްޓާލިންގެ ސޮއި އާސެނަލްއިން ހޯދީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީގެ ކޯޗު މަރެސްކާ އޮތީ ޓްރާންސްފަރގެ ދޮރު ބަންދުވުމުގެ ކުރިން ގޮތެއް ހޯދަން ރަހީމް ސްޓާލިންގ އަށް އަންގާފައެވެ. އޭނާގެ ޕްލޭންގައި ސްޓާލިންގ ނުހިމެނޭކަން ސާފްކޮށް އެންގިއެވެ. ކުރިން މެންޗެސްޓަރ ސިޓީގައި މޮޅަށް ކުޅެ ގިނަ ގޯލްތަކެއް ޖެހި ފޯވާޑްގެ ސޮއި އާސެނަލްއިން ހޯދީ ސީޒަންގެ ނިޔަލަށެވެ. 29 އަހަރުގެ ފޯވާޑް ބުނީ ގަބޫލުކުރަން ދަތި އިހުސާސެއް ކުރެވޭ ކަމަށެވެ. ފަހުވަގުތު އާދެވުނީ އޭނާއަށް އެންމެ ފިޓް ޕްރޮޖެކްޓްގެ ތެރެއަށް ކަމަށް ސްޓާލިންގ ބުންޏެވެ.

ސިޓީގައި ދެއްކި ތޫނުފިލިކަން ސްޓާލިންގ އަށް ޗެލްސީގައި ނުދެއްކެއެވެ. ޗެލްސީއަށް ކުޅުނު 81 މެޗުން ޖެހުނީ 19 ގޯލެވެ. މިސީޒަންގެ މިހާތަނަށް ކޯޗު މަރެސްކާ ސްޓާލިންގ ބޭނުމެއް ނުކުރެއެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރުގެ ފަހުން އޭނާ އަށް ގައުމީ ޓީމުންވެސް ފުރުޞަތެއް ނުލިބެއެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow