ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އެއްބަސްވުމުގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ-ރައީސް އޮފީސް

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އެއްބަސްވުމުގައި ސޮއިކޮށްފި

17 days ago - 07:51
Advertisement

ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވް (ސީ.އެސް.ސީ)ގެ މެންބަރު ޤައުމުތަކުން ސީ.އެސް.ސީ ޗާޓަރ އަދި ސީ.އެސް.ސީގެ ސެކްރެޓޭރިއެޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ކޮލަމްބޯ ސިޓީގައެވެ.

މެންބަރު ޤައުމުތަކުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ ބޮޑުވަޒީރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތް ދޯވަލް ކޭ.ސީ، ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފް، ޑީ.ސީ (ރޓ)، ލޓކލ (ރޓ)، މޮރިޝަސް އިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ހޭމަންޑޯޔަލް ދިލުމް އަދި ސްރީލަންކާގެ ރައީސްގެ ނޭޝަނަލް ސެކިއުރީޓީ އެޑްވައިޒަރު ސަގަލަ ރަޓްނަޔަކަ އެވެ.

ސީ.އެސް.ސީގެ އަސާސީ މަޤްޞަދަކީ ބައިނަލްއަޤްވާމީ ގޮތެއްގައި މެންބަރު ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ.

ސީ.އެސް.ސީގެ ދަށުން މެންބަރު ޤައުމުތަކުން އެއްބާރުލުންދޭ މައިގަނޑު 5 ކަމެއް އޮވެއެވެ. އެއީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުން، ޓްރެފިކިން އަދި ޤައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުން، ސައިބަރ ސެކިއުރިޓީއާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން އަދި އިންސާނީ އެހީތެރިކަމާއި ކާރިސާތަކާ ގުޅިގެން އެހީތެރިވެދިނުމެވެ.

Advertisement

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފައުންޑިން ޑޮކިއުމެންޓްސްގައި ސޮއިކުރުމަށްފަހު ކޮންކްލޭވްގެ ކުރިއަށް ހުރި މަސައްކަތްތަކާއި، ކުރިއަށް އޮތްތަނުގައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންދެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement