ބޯކޮށް ވާރޭވެހި، ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި، ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފި

17 hours ago - 09:57
Jul 31, 2026 - 09:58
Advertisement
Advertisement

ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 11:30 އާ ހަމައަށެވެ. 

މެޓް އޮފީހުން ބުނީ، މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. 

ވައި ޖެހޭނެކަމަށް ލަފާކުރަނީ ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިިނުގައެވެ. އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެެ. ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި އެހެން ހިސާބުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. 

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް، އުދަ އަރާ ގަޑިތަކުގައި ސަމާލުވުމަށް ވެސް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement