މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި  މައްސަލައެއް ތަހުގީގު ކުރަނީ
މައްސަލައިގައި ހިމެނެނީ މިލަންދޫ ފުލުހުންކަމެއްވެސް ޔަގީނެއް ނޫން

މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ތަހުގީގު ކުރަނީ

ތަހުގީގަށް ފުލުހުން ވަނީ މާލެ ގެނެސްފަ

9 months ago - 23:00
Jul 8, 2025 - 23:00
Advertisement
Advertisement

މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލައެއް ތަހުގީގު ކުރަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފިއެވެ.

މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއެވެ. ހަމައެކަނި ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި ތަހުގީގު ކުރަނީ އެފުލުހުން މާލެ ގެނެސްގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެފުލުހުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވަނީ ސްޓޭޝަންގެ ކެއުމަށް ބަޖެޓްކޮށްފައިވާ ފައިސާއެވެ.

އެމައްސަލައިގައި ހިމެނެނީ ކިތައް ފުލުހުން ކަމެއް އަދި އެސްޓޭޝަންގެ އިންޗަރޖް ހިމެނޭ ކަމެއްވެސް ފުލުހުން ނުބުނެއެވެ.

 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement