ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ހިޔާނާތެއްވީ ރައީސް ޔާމީން- ފަލާހު
ޖަލްސާގައި ފަލާހު ވާހަކަ ދައްކަވަނީ: ފޮޓޯ-ޕީއެންސީ

ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ހިޔާނާތެއްވީ ރައީސް ޔާމީން- ފަލާހު

ޔާމީނަށް ވައްކަމާއި ހިޔާނާތުގެ ތުހުމަތު ކުރެއްވި

23 days ago - 07:51
Advertisement

ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ގައުމަށް އެންމެ ބޮޑު ހިޔާނާތެއްވީ ބޭފުޅަކީ ކުރީގެ ރައީސް ޔާމީން ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހީމް ފަލާހު ފަލާހު ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ފަލާހު ތަކުރާރުކުރައްވާ ވިދާޅުވީ ހަގީގަތުގައިވެސް ރައީސް ޔާމީނަކީ މިގައުމުގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ހިޔާނާތެއްވީ ބޭފުޅާ ކަމަށެވެ. ފަލާހު ވިދާޅުވީ އޭނާގެ ނަން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނިޔަސް އޭނާއަކީ ދިހަބާރަ އަހަރުން ފެށިގެން މަސައްކަތްކޮށްގެން, ވިޔަފާރިކޮށްގެން މުދާ ހޯދައިގެން އުޅޭ މީހެއް ކަމަށެވެ. އޭނާގެ ނަން އެލިސްޓްގައި ހިމެނީ ޔާމީނާއި ކުރީގެ ނައިބުރައީސް އަދީބާއި އެމްޑީޕީވެސް އެކުވެގެން ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފަލާހު އެދިވަޑައިގަތީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި އެންމެ ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އެފައިސާ ދައުލަތަށް ހޯއްދަވައިދެއްވުމަށެވެ. އެމަސައްކަތް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

"މިމަސައްކަތް ފެށީމަ ބިރުގަންނަނީ ވަގުން. އެކަން ކުރައްވާނެ އެކަމަކު އިނގޭތޯ, ކުރައްވާނެ" ފަލާހު ވިދާޅުވިއެވެ.

Advertisement

ފަލާހު ވިދާޅުވީ އެފައިސާ ހޯދާނީ އިތުރު ކޮމިޝަންތައް ނަހަދާ, ބޭކާރު ޚަރަދުތައް ނުހިނގާ ގޮތެއްގެ މަތީން ކަމަށެވެ. ފަލާހު ވިދާޅުވީ އޭގެތެރެއިން ގިނަ ފައިސާ ވެރިން ބަހައްޓާފައި ހުރީ ސިންގަޕޫރުގެ އެކައުންޓްގަކުގައި ޑޮލަރުން ކަމަށެވެ. ޖަލްސާގައި ފަލާހު ވަނީ ރައީސް ޔާމީނަށް ހިޔާނާތާއި, ވައްކަމުގެ ތުހުމަތު ކުރައްވާފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement