ޣައްޒާގެ މުޅި އާބާދީ ރަފަޙްއަށް ޖަމާކޮށް, ޣައްޒާ ދޫކޮށްދާން މަޖުބޫރުކުރުވާ ޕްލޭނެއް!
ޣައްޒާގެ ރައްޔިތުންސުންނާފަތިވެފައިވާ ޣައްޒާގައި ރައްކާތެރިކަމެއް ލިބޭތޯ. ފޮޓޯ: އޭޕީ

ޣައްޒާގެ މުޅި އާބާދީ ރަފަޙްއަށް ޖަމާކޮށް, ޣައްޒާ ދޫކޮށްދާން މަޖުބޫރުކުރުވާ ޕްލޭނެއް!

އިޒްރާއިލްގެ ހުއްޖަތަކީ ހަމާސްއާއި އާންމުން ވަކި ކުރުން

3 hours ago - 23:58
Jul 9, 2025 - 00:00

ޣައްޒާގެ މުޅި އާބާދީ ރަފަޙްއަށް އަށް ޖަމާކުރުމުގެ ޕްލޭނެއް އެކުލަވާލާ އެކަން އިޒްރާއިލްގެ ދިފާއީ ވަޒީރު, އިޒްރާއިލް ކާޓްޒް ހާމަކޮށްފައިވާ ކަމަށް އިޒްރާއިލްގެ މީޑިއާތައް ބުނެފިއެވެ. އިޒްރާއިލްގެ މީޑިއާ ތަކާ ހަވަލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާގޮތުން ކާޓްޒް ގެ ޕްލޭނަކީ މިޞްރާގުޅޭ ބޯޑަރާ ވީހާވެސް ކައިރިއަށް ޣައްޒާގެ ރައްޔިތުން ޖެއްސުމެވެ.

އެގޮތުން 2 މިލިއަނެއްހާ ބޮޑު އާބާދީއެއް ރަފަޙްގައި ތޮއްޖައްސުވާ, ޣައްޒާގެ ބިމުގެ ބާކީ ބަޔަށް އިޒްރާއިލްއިން ވެރިވެގަތުމަކީ ޕްލޭންގެ އެންމެ ބޮޑު އެއްބައެވެ. ސަބަބަކީ ރަފަޙްއަށް ދިއުމަށްފަހު ޣައްޒާގެ ރައްޔިތުންނަށް އަނބުރާ ޣަައްޒާއިން އެމީހުން ދޫކޮށްދިޔަ ބިމަށް އަނބުރާ ދެވުމުގެ ފުރުޞަތު ނޯންނާނެތީއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި ގޮތްހުސްވެފައިވާ އިންސާނުންނަށް 'މިއަށްވުރެ ރަނގަޅު' ގޮތެއްގެ އަވައިގައި ޖައްސުވާ, މަޖުބޫރީ ހާލަތުގައި އެމީހުންގެ ވަޒަންދޫކޮށް ދިއުމަށް އެމީހުންގެ ރުހުމާދެކޮޅަށް އަމަލުކުރުވުމަކީ ބައިނަލްއަޤުވާމީ ޤާނޫނާ އިޒްރާއިލްއިން ހިލާފްވުމެވެ.

ނަމަވެސް އިޒްރާއިލް އިން ބުނެފައި ވަނީ މި ޕްލޭންގެ ހަޤީގީ މަޤްސަދަކީ ހަމާސްއާއި ޣައްޒާގެ އާންމުން ވަކިކުރުން ކަމުގައެވެ. އަދި ރަފަޙްއަށް ގެންދިއުމަށްފަހު ޣައްޒާ ދޫކޮށް ދިއުމުގެ ފުރުޞަތު ރައްޔިތުންނަށް  ލިބޭނެކަމަށްވެސް އިޒްރާއިލްއިން ވަނީ ބުނެފައެވެ. 

Advertisement
Advertisement

އިޒްރާއިލްގެ މީޑިއާތަކުން ބުނެފައިވާގޮތުގައި ކާޓްޒް މިހާރު ވަނީ އަސްކަރިއްޔާއަށް ރަފަޙްގެ އެންމެ ދެކުނުގައި "އިންސާނިއްޔަތުކަމުގެ ސިޓީ" ޤާއިމްކުރުމަށް ބޭނުންވާ ކުރެހުން ތައްޔާރުކުރުމަަށް އަންގާފައެވެ. ޣައްޒާގެ މުޅި އާބާދީއަށް ޓެންޓް ތަކުގައި އެސަރަހައްދުގައި ތިބެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންދާއިރު އެއީ އިޒްރާއިލްގެ ހަމަލާތަކުގައި ބިމާހަމަވެ, މީހުންނަށް އަލުން އާބާދުކޮށްގެން ނޫނީ ނޫޅޭވޭވަރަށް 'ފުނޑާލާފައިވާ' ސަރަހައްދެކެވެ.

އެސަރަހައްދަށް ދާ މީހަކަށް އަަލުން އަނބުރާ ޣައްޒާގެ އެހެން ސަރަހައްދަކަށް ދިއުމުގެ ހުއްދަ ނޯއްނާނެކަމުގައި ތަކުރާރުކޮށް ކާޓްޒް ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow