އެމެރިކާ އާއި އިޒްރާއިލްއިން ޣައްޒާގެ ރައްޔިތުން ސޫދާން އާއި ސޯމާލިއާއަށް ގެންދަން މަސައްކަތްކުރަނީ!!!
ޓްރަމްޕް އަދި ނަތަންޔާހޫ. އެމެރިކާއިން ޣައްޒާ އާ މެދު ގެންގުޅޭ ކޮންމެ ސިޔާސަތަކަށް އެއްބާރުލުން ދޭނެކަމަށް އިޒްރާއިލްއިން ވަނީ ބުނެފައި

އެމެރިކާ އާއި އިޒްރާއިލްއިން ޣައްޒާގެ ރައްޔިތުން ސޫދާން އާއި ސޯމާލިއާއަށް ގެންދަން މަސައްކަތްކުރަނީ!!!

އެމެރިކާއިން އަރަބި ޤައުމުތަކަށް ހުށަހެޅި ހުށަހެޅުންތަކަށް އެޤައުމުތަކުން ވަނީ ނޫނެކޭ ބުނެފައި

5 hours ago - 13:12
Mar 14, 2025 - 13:30

އެމެރިކާ އާއި އިޒްރާއިލްއިން ޣައްޒާގެ ރައްޔިތުން ސޯމާލިއާ އަދި ސޫދާން އަށް ގެންދެވޭތޯ އެގައުމުތަކުގެ އޮފިޝަލުންނާ މަޝްވަރާކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޣައްޒާއިން ފަލަޞްޠީނުގެ ރައްޔިތުން ބާލާ, މިހާރުވެސް ހަނގުރާމައިގައި ހަފުސްވަމުންދާ ސޫދާން އަދި ސޯމާލިއާގައި ވަޒަންވެރި ކުރެވޭތޯ މަސައްކަތް ކުރަމުން ދާކަމަށް އެސޯސިއޭޓް ޕްރެސްއިން ވަނީ ބުނެފައެވެ. އެ އެޖެންސީން އެކަން ރިޕޯރޓް ކޮށްފައިވަނީ ނަން ހާމަކުރަން ބޭނުންނުވާ އެމެރިކާ އަދި އިޒްރާއިލްގެ މަސްދަރުތަކާ ހަވާލާދީއެވެ.

ރިޕޯޓްތައް ބުނާގޮތުން ސޫދާނުން ވަނީ އެމެރިކާގެ ހުށަހެޅުން ބަލައިގަންނަށް ދެކޮޅުހަދާފައެވެ. އަދި ސޯމާލިއާއިން އޭފީން މުއާސަލާތުކުރި އޮފިޝަލުންނަށް އެކަމާ ގުޅޭ މައުލޫމާތެއް ލިބިފައި ނުވާކަމަށް އޮފިޝަލުން ބުނެފައިވާކަމަށް އެނޫހުން ހާމަކޮށްފައިވެއެވެ.

ޣައްޒާގެ ނަސްލު ނައްތާލާ, ޣައްޒާގެ ބިމުން އެބިމުގެ އަހުލުވެރިން ބޭރުކޮށްލާނެކަމުގެ ވާހަކަތައް ޓްރަމް ފަށާފައިވަނީ ފެބުރުވަރީ މަހުގެ ކުރީކޮޅުއެވެ. އެ ހުށަހެޅުން ޓްރަމްޕް ވަނީ މިޞްރާއި އުރުދުން އަށް ހުށަހަޅާ, އެތައް ފަހަރެއްގެ މަތިން އެޤައުމުތަކުން އެ ހުށަހެޅުން ބަލައިގަތުމަށް މަޖުބޫރުކުރުވާނެ މޭރުމަކުން ވާހަކަ ދައްކާފައެވެ. ނަމަވެސް އެ ދެ ޤައުމު, އަދި ޢަރަބި އެހެން ޤައުމުތަކުންވެސް ވަނީ ޣައްޒާގެ ރައްޔިތުން އެބިމުން ފައިބަން ޖާގަދޭނެ އެއްވެސް ހުށަހެޅުމަކަށް މަރުޙަބާ ނުކިޔާނެކަން ސާފުކޮށް އިއުލާން ކޮށްފައެވެ.

މީގެ އިތުރުން ޓްރަމްގެ 'ޣައްޒާ އަމިއްލަކުރުމުގެ' ޕްލޭން ނާކާމިޔާބުކޮށްލުމަށްޓަކައި އަރަބި ލީގުންވަނީ 53 ބިލިއަން ޑޮލަރު ޣައްޒާ އާރާސްތުކުރުމެ ޕްލޭނެއް ހަދާ, އެ ޕްލޭނަށް ފަންޑިން ހޯދުމުގެ މަސައްކަތްވެސް ފަށާފައެވެ. އޯގައިނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) އަދި ވިލާތުގެ އިއްތިހާދުގެ ބޮޑެތި ބާރުތައް ކަމަށްވާ އިނގިރޭސި ވިލާތާއި, ޖަރުމަނުވިލާތް ފަދަ ގައުމުތަކުން ވަނީ އެޕްލޭނަށް ތާއީދުވެސް ކޮށްފައެވެ.

Advertisement
Advertisement

އޭގެ ފަހުން ޓްރަމްޕްގެ ކޮޅު ބަލިވެ ޣައްޒާއާ ބެހޭގޮތުން އޭނާ ގެންގުޅޭ ތަސައްވުރުގެ ރާގު ވަނީ ބަދަލުވާން ފަށާފައެވެ. ބުދަ ދުވަހު ނޫސްވެރިންކުރި ސުވާލަކަށް ޖަވާބުދެމުން ޓްރަމްޕް ވިދާޅުވީ "އެއްވެސް މީހަކު ޣައްޒާއިން ފަލަޞްޠީނުގެ އެއްވެސް މީހަކު ބޭރުކުރަން ނޫޅޭ" ކަމަށެވެ. ނަމަވެސް އެމެރިކާއާއި އިޒްރާއިލްއިން ސޫދާނާ އަދި ސޯމާލިއާ އަށް ޣައްޒާގެ ރައްޔިތުން ގަދަކަމުން ގެންދިއުމަށް މަޝްވާރާކުރަން ކުރަމުންދާ މަސައްކަތާއެކު އެމެރިކާގެ ވިސްނުން އަދި ބޭނުންވާ ގޮތާއި ނިޔަތްވެސް މިކަމުގައި ވަނީ ސާފުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow