ހާވަޑް ޔުނިވަރސިޓީއަށް ބިދޭސީ ދަރިވަރުން ނުވެއްދޭ ގޮތަށް ހަދާނެކަމަށްބުނެ ޓްރަމްޕްގެ ސަރުކާރުން އިންޒާރުދީފި
ހާވަޑް ޔުނިވަރސިޓީ. ފޮޓޯ: އަލްޖަޒީރާ

ހާވަޑް ޔުނިވަރސިޓީއަށް ބިދޭސީ ދަރިވަރުން ނުވެއްދޭ ގޮތަށް ހަދާނެކަމަށްބުނެ ޓްރަމްޕްގެ ސަރުކާރުން އިންޒާރުދީފި

2 days ago - 22:12
Apr 17, 2025 - 23:50

ދުނިޔޭގެ އެންމެ މަޝްހޫރޫ އެއް ޔުނިވަރސިޓީ ކަމަށްވާ ހާވަޑް ޔުނިވަރސިޓީއަށް ބިދޭސީ ދަރިވަރުން ނުވެއްދޭ ގޮތަށް ހަދާނެކަމަށްބުނެ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން އިންޒާރުދީފިއެވެ. އިންޒާރުގައި ބުނެފައިވަނީ އެމެރިކާ ސަރުކާރުގެ ޑިމާންޑްތަކަށް ބޯނުލަނބާނަމަ ބޭރު ދަރުވަރުން އެ ޔުނިވަރސިޓީއަށް އެންރޯލް ކުރެވެން އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމުގައެވެ.

ހާވަޑް ޔުނިވަރސިޓީ މިހާރުވެސް އޮތީ ސިޔާސީގޮތުން އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށުގައެވެ. އަދި އެމެރިކާއިން ބޭރުން އެ ޔުނިވަރސިޓީގައި ކިޔާވާ ދަރިވަރުންގެ ހުރިހާ މައުލޫމާތެއް ސަރުކާރާ ހިއްސާކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ބުދަ ދުވަހު ހޯމް ލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ, ކްރިސްޓީ ނޯމް ސޮއިކޮށް އެ ޔުނިވަރސިޓީއަށް ފޮނުވި ސިޓީގައި އަންގާފައިވަނީ ސަރުކާރުން އެދިފައިވާ ހުރިހާ ބިދޭސީ ދަރިވަރުން ހިންގާފައިވާ "ޣައިރުޤާނޫނީ" އަދި "އަނިޔާވެރި އަމަލުތަކުގެ" ތަފްޞީލީ ރެކޯޑްސް ފޮނުވުމަށެވެ. މި ސިޓީ ފޮނުވާފައިވަނީ އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ސްކޫލް ތަކުގައި ފަލަޞްޠީނުގެ ޤަޒިއްޔާއަށް ހިއްވަރުދޭ ކަންކަން ހުއްޓުވާނެކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ސިޓީގައި އިތުރަށްވަނީ ސަރުކާރުގެ އެންގުމަށް 30 އެޕްރީލްގެ ކުރިން ބޯނުލަނބާނަމަ ޔުނިވަރސިޓިއަށް ދީފައިވާ 'ސްޓްޑެންޓް އެންޑް އެކްސްޗޭންޖް ވިޒިޓަރ ޕްރޮގްރާމް (އެސްއީވީޕީ) ހުއްޓާލަންޖެހޭނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން ޑިމާންޑްގައި ބުނެފައިވާ އެއްވެސް ކަމަކަށް ފަރުވާކުޑަކޮށްފި ނަމަ ބިދޭސި ދަރިވަރުން އެ ޔުނިވަރސިޓީއަށް އެއްގޮތަކަށް ނުވެއްދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

Advertisement
Advertisement

ސީޓިގައި ޙާއްސަކޮށް ވިސާގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު ދޭން އަމުރުކޮށްފައި ވެއެވެ. އަދި އަޚްލާގީ މައްސަލައެއްގައި ސުލޫކީ ފިޔަވަޅު އަޅާފައިވާނަމަ އެ މައުލޫމާތެއްވެސް ދޭން އަންގާފައި ވެއެވެ. ވަކިން ހާއްސަކޮށް އެއްވެސް މުޒާހަރާއެއް ނުވަތަ އިހްތިޖާޖެއްގައި ބައިވެރި ވެފައިވާނަމަ އެކަންވެސް އަންގަންޖެހޭ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

ހާވްޑްގެ ދަރިވަރުންގެ ނޫހުން ބުނި ގޮތުގައި ސިޓީގައި ވަނީ އެ ޝަރަފުވެރި ޔުނިވރަސިޓީން  ޔަހޫދީ ދަރިވަރުންނަށް އެގުނުމުގެ 'ދެކޮޅުވެރި މާހައުލެއް' ޤއިމްކުރާކަމަށް ތުހުމަތުކޮށްފައި ކަމުގައި ބުނެފައެވެ.

ފަލަޞްޠީނަށް ހިތްވަރުދޭ ގޮތަށް ފާއިތުވި އަހަރު އެމެރިކާގެ ގިނަ ޔުނިވަރސިޓީ ތަކުގައި ދަރިވަރުން އިންތިޒާމްކޮށްގެން އިޒްރާއިލްގެ ޔުނިވަރސިޓީ ތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލުމަށް ޑިމާންޑްކޮށް ބޮޑެތި އިޙްތިޖާޖްތަކެއް ކޮށްފައި ވެއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އައި ފަހުން އެފަދަ ޔުނވަރސިޓީ/ސްކޫލްތައް ފާހަގަކޮށް އެތަންތަނަށް ދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި ކޮލަމްބިއާ ޔުނަވރސިޓީ އަދި ޕްރިންސްޓަން ފަދަ ތަންތަނަށް ދެމުންއައި ބައެއް މާލީ އެހީތައް ވަނީ ހުއްޓާލާފައެވެ. ހާވަޑް ޔުނިވަރސިޓީގެ ފަންޑިން ފްރީޒް ކުރާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow