ޕްރައިމަރީގަ ވާދަކުރުމާމެދު ޞާލިހު "ތިޔައީ ކުރަން ހެޔޮވާވަރުގެ ސުވާލެއް ނޫން"
ކުރީގެ ރައީސް ޞާލިހު: ފޮޓޯ-އެމްޑީޕީ

ޕްރައިމަރީގަ ވާދަކުރުމާމެދު ޞާލިހު "ތިޔައީ ކުރަން ހެޔޮވާވަރުގެ ސުވާލެއް ނޫން"

7 hours ago - 22:11
Jun 26, 2025 - 22:11

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާމެދު ސުވާލުކުރުމަކީ މިވަގުތު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން މިރޭ ރާއްޖެ ޓީވީގެ 'ފަލަ ސުރުޚީ' ގައި ވާހަކަދައްކަވަމުންނެވެ.

ޕްރޮގްރާމްގައި އަމާޒުކުރެއްވި އެންމެ ފަހު ސުވާލަށް ޖަވާބުދެއްވަމުން ފުރަތަމަވެސް ވިދާޅުވީ ތިޔައީ މިވަގުތު ކުރަން ހެޔޮވާވަރު ސުވާލެއްވެސް ނޫންކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ މިވަގުތަކީ އެކުގައި ކުރިއަށް ދެވޭނެ ގޮތްތައް ހޯދަންވީ ވަގުތަށް ވުމެވެ. ރައީސް ނަޝީދާއި ޑިމްކޮރެޓްސްގެ ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް އިޝާރާތްކުރައްވާ ޞާލިހު ވިދާޅުވީ އެކުގައި މަސައްކަތްކުރަން ފަށާފައިވާ ވަގުތެއްގައި ޕްރައިމަރީގެ ވާހަކައަކީ ކުރާކަހަލަ ސުވާލެއްވެސް ނޫން ކަމަށެވެ.  

"މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ އަޅުގަނޑުމެން އެކީގަ މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދަންވީ. ތިޔަދައްކަވަނީ 2028 ގެ ވާހަކަ. އަޅުގަނޑުމެން ކުރިމަތީގައި އެބައޮތް 2026 ގެ ކައުންސިލް އިންތިޚާބު" ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިވަގުތު އެންމެން ކުރަންވީ ކަމަކީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކަމަށެވެ. ރިޔާސީ އިންތިޚާބަށް ޕްރައިމަރީއަށް ބައެއް ބޭފުޅުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވާ ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ އެމަސައްކަތް އިހަށް މަޑުޖައްސާލަން ކަމަށެވެ.

"ފޯކަސް ކުރަން އެންމެން އެކީގަ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން" އެންމެފަހުން ޞާލިހު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow