ޝާދިޔާއާއި ޑރ.ޝަޒުރާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި
ހައްޔަރުކުރީ ސައުދީ އެމްބަސީ ކައިރިން

ޝާދިޔާއާއި ޑރ.ޝަޒުރާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި

ފުރަތަމަ ބަންދުކުރީ 3 ދުވަހަށް

15 days ago - 14:16
Advertisement

 

ޝާދިޔާއާއި ޑރ.ޝަޒުރާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފިއެވެ. އިޒްރޭލުން ފަލަސްތީނުގައި ހުންގާ ޤަތުލު ޢާއްމާ ދެކޮޅަށް އަޑު އުފުލަމުން އައި ދެ އަންހެނުންގެ ބަންދަށް އިތުރު ފަސްދުވަސް ޖެހީ މިއަދު މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

އެދެމީހުންގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ޖެހީ 3 ދުވަހެވެ. އެމީހުން ހައްޔަރުކުރި ސަބަބެއް ކަމަށް ފުލުހުން ބުނީ އެއްވެ އުޅުމުގެ ޤާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވުން ކަމަށެވެ. އަދި އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލައްވަމުން ދިޔަކަމަށާއި, އަދި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރި ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރަމުން ދިޔަކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު ސަރުކާރުން އެދިގެން އިތުރުކޮށްފައިވާކަމަށް ބުނެ އަދާލަތު ޕާޓީން ވަނީ އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޕާޓީން ބުނީ އައިޝަތު ޝާދިޔާއާއި ޑރ.ޝަޒުރާ އިބްރާހީމް އިތުރު ފަސް ދުވަހަށް ބަންދުކުރުމަށް ސަރުކާރުން އެދިގެން ނިންމި ނިމުން ކުށްވެރި ކުރާ ކަމަށެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަކުގެ އަޑު ރާއްޖެއިން ކަނޑުވާލުމަށް މިސަރުކާރުން ހިންގާ ލާއިންސާނީ އަމަލެއް ކަމަށް އަދާލުތުން ބުންޏެވެ.

Advertisement

ޝާދިޔާ އަކީ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލިހުގެ ރައީސް ޑރ.އިޔާޒުގެ އަނބިކަނބަލުންނެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement