ފުލުހުންގެ މަސައްކަތުގައި ތައުރީފާއެކު  ފާޑުކިޔުންތައްވެސް ބަލައިގަންނަން - ސީޕީ
ސީޕީ އަލީ ޝުޖާއު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: ފޮޓޯ- ދިވެހި ފުލުހުންގެ ޚިދުމަތް

ފުލުހުންގެ މަސައްކަތުގައި ތައުރީފާއެކު ފާޑުކިޔުންތައްވެސް ބަލައިގަންނަން - ސީޕީ

ފުލުހުންގެ މަދަނީ ޚިދުމަތަށް މިއަދު ފުރުނީ 20 އަހަރު

16 days ago - 11:54
Advertisement

ފުލުހުންގެ މަސައްކަތުގައި ތައުރީފާއެކު ފާޑުކިޔުންތައްވެސް ބަލައިގަންނަވާ ކަމަށް  ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ. ސީޕީ މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ހިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފުލުހުންނަކީ މަސައްކަތްތައް އަދާކުރުމުގައި ރިސްކު އޮތް ބައެއް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ މިދިޔަ ބުރާސްފަތި ދުވަހު ކުށުގެ ވެށިން ވިކްޓިމް ސަލާމަތްކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެވެ. ވިކްޓިމް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ކުރާ ހިތްވަރުކަމަށް ސީޕީ ވިދާޅުވިއެވެ. ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ ބުރަބޮޑު އެ މަސައްކަތްތަކަށް އެތައް ބައެއްގެ ތައުރީފާއި ފާޑުކިޔުންތައް ވެސް އަމާޒުކުރަމުންދާނެ ކަމަށެވެ. އެ ހުރިހާ ތައުރީފުތަކާއި ފާޑުކިޔުންތައް ހުރިހާ ފުލުހުން ވެސް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

މިދިޔަ 20 އަހަރުގެ ފުލުހުންގެ ޚިދުމަތަށް އިޝާރާތް ކުރައްވާ ސީޕީ ވިދާޅުވީ ދިވެހިރާއްޖެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުން ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާނެކަން ޔަގީންކުރައްވާ ކަމަށެވެ. ކުށްކުރާ ފަރާތްތަކުގެ މިލްކަކަށް މި ފަސްގަނޑު ވިޔަނުދިނުމަށްޓަކައި ދިވެހި ފުލުހުންގެ ލެޔާއި ފުރާނައިން އަގު ދައްކާފައިވާކަން ދިވެހިރައްޔިތުން ހެކިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ޝަހީދު އާދަމް ހަލީމް، ޝަހީދު އަލީ ނާޒިމް، ޝަހީދު މިސްބާހު އަބްދުﷲ އަދި ޑިއުޓީ އަދާކުރުމުގައި ބޮޑެތި އަނިޔާތައް ލިބިފައިވާ އެތައް ފުލުހުންނެއް ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތްކުރުމަށްޓަކައި ގުރުބާންވެފައިވާކަން މި ކުރު މާޒީގައި ފެންނަންހުރި ކަން ސީޕީ ފާހަގަކުރެއްވިއެވެ. ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ މި ވިހި އަހަރުގެ މާޒީގެ ހަގީގީ ބަޠަލުންނަކީ އެއީ ކަމަށެވެ.

Advertisement

ފުލުހުންގެ ޚިދުމަތް ވަކިން ދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލާ ދިނެވެ. ދިވެހި ފުލުހުންގެ ޚިދުމަތް ވަކި މަދަނީ ޚިދުމަތަކަށް ބަދަލުކުރެއްވީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement