ފައި ބިންދައިގެން ގޮސް, ކުޑަހުޅު ނެއްޓި "ދިގުމުއްދަތަކަށް" ޖަމާލް މުސިއާލާ ކުޅުމާ ދުރަށް!
ޑޮނަރުއްމާ އާއި މުސިއާލާ މުޑިއަރާފައި. ފޮޓޯ: ޑެއިލީ އެކްސްޕްރެސް

ފައި ބިންދައިގެން ގޮސް, ކުޑަހުޅު ނެއްޓި "ދިގުމުއްދަތަކަށް" ޖަމާލް މުސިއާލާ ކުޅުމާ ދުރަށް!

ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިތާ އަދި މާގިނަ ދުވަހެއް ނުވޭ

5 hours ago - 21:52
Jul 6, 2025 - 22:07

ފީފާ ކްލަބް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި ރޭ ޕީއެސްޖީގެ ކީޕަރު ޖިއައުންލުޖީ ޑޮނަރުއްމާ އާ މުޑިއަރާ ބަޔާން މިއުނިކްގެ ޒުވާން ފޯވާޑް ޖަމާލް މުސިއާލާއަށް ލިބުނު އަނިޔާތަކުން އަރައިގަންނަން ދިގުމުއްދަތެއްހޭދަވާނެކަމަށް ބަޔާނުން  ބުނެފިއެވެ. މުސިއާލާގެ ފައި ބިންދައިގެންގޮސް ކުޑަހުޅުވެސް ނެއްޓިފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބަޔާނުން ވަނީ ބުނެފައެވެ. 

މިއަދު ހެނދުނު މުސިއާލާ ވަނީ ފްލޮރިޑާއިން މިއުނިކްއަށް ދަތުރުކޮށް ސާޖަރީ ހެދުމަށް ތައްޔާރުވެފައި ކަމުގައިވެސް ބަޔާނުން ވަނީ ބުނެފައެވެ. 

"މިއީ ވަރަށް ސީރިއަސް އަނިޔާއެއް. އެހާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާންޖެހުމުން  ޖަމާލް އަދި ބަޔާންއަށްވެސް ވަނީ ޝޮކެއްލިބިފައި. އަހަރެމެން މިތިބީ އޭނާއާއެކު. އެނބުރު ކުޅުމުގެ ތެރެއަށް އާދެވެންދެންދެން ކްލަބުން އޭނާގެ ރިކަވަރީގެ ކަންތައް ގާތުން ބަލަމުންދާނެ" ބަޔާނުގެ ބޯޑު ކުޅިވަރާބެހޭ މެމްބަރު މެކްސް އެބާލް ޖަމާލް އަށް ލިބުނު އަނިޔާ އާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. 

22 އަހަރުގެ ކުޅުންތެރިޔާ އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. 

Advertisement
Advertisement

ޖަމާލްއަށް އަނިޔާވީ ޕީއެސްޖީގެ ކީޕަރު ޑޮނަރުއްމާ އޭނާގެ ބޯޅަ ދިފާއުކުރުމަށް ޑައިވްކުރިގަޑީގައި ހިނގި ހާދިސާގައެވެ. އަށިގަނޑުގައި ދަނޑުން ބޭލުވި ގަޑީގައިވެސް ޖަރސީން މޫނު ފޮރުވައިގެން އޮވެ ވޭނާއެކު އޭނާ ދިޔައީ ހަޅޭއްލަވަމުންނެވެ. 

ޖަމާލްއަށް ލިބުނި އަނިޔާއާ ގުޅިގެން ޑޮނަރުއްމާވެސް ވަނީ އެވަގުތު ދަނޑުމަތީގައި އެކަމާ ހިތާމަފާޅުކޮށްފައެވެ. މެޗަށްފަހު އިންސްޓަގްރާމްގައިވެސް އޭނާވަނީ ޖަމާލްއަށް އަވަސް ޝިފާއަކަށް އެދިފައެވެ. 

ނަމަވެސް ބަޔާނުގެ ކުޅުންތެރިންވަނީ ޑޮނަރުއްމާގެ ފައުލާ ގުޅިގެން ޖަމާލްއަށް ލިބުނު އަނިޔާއާ ގުޅިގެން އެކަމުގެ ނުރުހުން ވަރަށް ބޮޑަށް ނުރުހުން އަމާޒުކޮށްފައެވެ. ހާއްސަކޮށް ބަޔާނުގެ ކީޕަރު މެނުއެލް ނޯޔާ ވަނީ އެކަމާ ގުޅޭގޮތުން އެވަގުތު ގޮސް ޑޮނަރުއްމާއާވެސް ވާހަކަދައްކާފައެވެ 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow