
ޕީއެންސީގެ ޓީމްތައް އަތޮޅުތެރޭގައި, ކެމްޕެއިން ފަށައިފި!
ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރޝިޕްގެ ޓީމްތައް އަތޮޅުތެރެއަށް ދަތުރުތައް ފަށާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފަށައިފިއެވެ.
ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި, މަޖިލިސް މެމްބަރުންނާއެކު އެކި ސަރަހައްދުތަކުގައި ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް ދަނީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ތާއީދު އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޕީއެންސީގެ ޓީމްތައް މިވަގުތު ހަރަކާތްތެރިވާ އަތޮޅުތަކުގެ ތެރޭގައި ރ.އަތޮޅާއި, އއ.އަތޮޅާއި, ލ.އަތޮޅާއި, ހދ.އަތޮޅާއި, ނ.އަތޮޅު ހިމެނެއެވެ.
ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ގެންދަނީ އެއަތޮޅު ތަކުގެ ރަށްތަކަށް ވަޑައިގެން ކޮންގްރެސް ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކާ ބައްދަލުކުރަމުންނެވެ. އަދި އެރަށްރަށުގެ ރައްޔިތުންނާވެސް ބައްދަލުކޮށް ހިޔާލު ހޯދަމުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި %80 ގޮނޑި ހޯދާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޕީއެންސީއަށް ލިބޭނީ %20 ކަމަށެވެ.
ރިއެކްޝަންސް






