
އާ ސީޒަން ފެށުމުގެ ކުރިން ނިސްޓެލްރޫއީ ލެސްޓަރ ސިޓީއާ ވަކިވަނީ
ލެސްޓަރ ސިޓީ ޕްރިމިއަރ ލީގުން ރެލިގޭޓްވީތާ ނުވަ ހަފުތާފަހުން އެޓީމުގެ ކޯޗު ރޫޑް ވެން ނިސްޓެލްރޫއީ ކްލަބާ ވަކިވާނެކަން ކްލަބުން އިއުލާންކޮށްފިއެވެ. ލެސްޓަރ އިން ބުނީ އާ ސީޒަން ފެށޭއިރު ނިސްޓެލްރޫއީ ކްލަބާއެކު ނުހުންނާނެ ކަމަށެވެ.
މިދިޔަ ސީޒަންގައި އެންމެ ހަ މެޗުން މޮޅުވި ލެސްޓަަރ އިން ކުރީގެ ކޯޗު ސްޓީވް ކޫޕާ މަގާމުން ވަކިކޮށް ނިސްޓެލްރޫއީއަށް ކްލަބްގެ ޒިންމާ ހަވާލުކުރީ ފާއިތުވި ނޮވެމްބަރު މަހުއެވެ.
ނަމަވެސް ރެލިގޭޝަނުން ޓީމް ސަލާމަތްކުރަން ނިސްޓެލްރޫއީ އަށް މާބޮޑު މަސައްކަތެއް ނުކުރެވި އަދި އިއްޔެ އޭނާ ވަނީ އެކަމުގެ އަގު ދައްކާފައެވެ.
"އަހަރެން ބޭނުން ލެސްޓަރ ގެ ކުޅުންތެރިންނާއި މުވައްޒަފުންނަށްނަށް, އެކަޑެމީގެ މުވައްޒަފުން އަދި އަހަންނާއެކު މަސައްކަތްކުރި ހަމަ ކޮންމެ މީހެއް, އެމީހުންގެ ޕްރޮފެޝަނަލިޒަމް އާއި ދިން ވަގުތަށް ޝުކުރު އަދާކުރަން. ސަޕޯޓަރުންނަށްވެސް އެމީހުން ޓީމަށް ސަޕޯޓްކުރުމުގައި ދެމިތިބިތިބުން ފާހަގަކޮށް ޝުކުރުއަދާކުރަން. މި ވަގުތު އަަހަރެންގެ ފަރާތުން ކްލަބަށް އެދެނީ މުސްތަގުބަލަށްޓަކައި ފާގަތި ދުވަސްތަކެއް" ނިސްޓެލްރޫއީގެ ބަޔާނުގައި ބުނެފައި ވެއވެެ.
ކުރިއަށް ސީޒަންގެ ފުރަތަމަ މެޗު ލެސްޓަރ އިން އެމީހުންގެ އަމިއްލަ ދަނޑުގައި އޮގަސްޓް 10ގައި ފަށާނީ ޝެފީލްޑް ޔުނައިޓަޑް އަާ ދެކޮޅަށެވެ.
ރިއެކްޝަންސް






