ޤާނޫނު ތަންނުދޭތީ މިނިވަން މުއައްސަސާ ތަކާއި ޝަރުއީ ދާއިރާގެ މުސާރަތައް ކުޑަކުރެވެން ނެތް: ކޮމިޓީ
މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުގެ ތެރެއިން.. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޤާނޫނު ތަންނުދޭތީ މިނިވަން މުއައްސަސާ ތަކާއި ޝަރުއީ ދާއިރާގެ މުސާރަތައް ކުޑަކުރެވެން ނެތް: ކޮމިޓީ

2 months ago - 13:18
Feb 18, 2025 - 13:24
Advertisement
Advertisement

މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މިވަގުތަށް ކުޑަކުރެވެން ޤާނޫނު ތަންނުދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ. ކޮމިޓީން މިއަދު އެގޮތަށް ފާސްކުރީ ބައްދަލުވުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާޤުންނެވެ.

ދަޢުލަތުގެ ހަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރަށް އަޅަން ސަރުކާރުން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ އަސާސީ މުސާރަ 12,000 ށް ވުރެ މަތިން ލިބޭނަމަ 10 އިންސައްތަ އުނިކުރުމަށް މަޖިލީހަށް ފެންނަނަމަ އެކަން އެގޮތަށް ކުރުމުގެ ލަފައަކަށް މަޖިލީހުގައި އެދިވަޑައިގަތީ ރައީސް ޑރ.މުޙައްމަދު މުއިއްޒުއެވެ.

ނަމަވެސް އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ފިޔަވަޅުތައް އެޅުމަށް ލަފާހޯދުމަށްއެދި ހުށަހެޅި މައްސަލަ މާލިއްޔަތުކޮމިޓީން ދިރާސާ ކުރުމަށްފަހު ނިންމާފައިވަނީ ޤާނޫނަށް ބަދަލުގެނެސްގެން ނޫނީ އެކަން ކުރެވެން ނެތުމުން އެއީ މިވަގުތަށް ކުރެވޭނެކަމެއް ނޫންކަމަށް ރައީސަށް ލަފާއެރުވުމަށެވެ. ކޮމިޓީގެ ނިންމުމުގައި ވަނީ ޤާނުނޫތަކަށް ބަދަލު ގެނައުމަށްފަހު, މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށް އަލުން ހުށަހެޅުވުމަށް ރައީސަށް ލަފާއެރުމަށެވެ.

ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވި ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް އެމައްސަލަ ޙައްލުކުރެވެން އޮތީ ކަމާގުޅޭ ޤާނޫނުތަކަށް ބަދަލުގެނެސްގެން ކަމުގައެވެ. އަދި އެއް ގިންތިއެއްގެ މަޤާމުތަކުގެ މުސާރައާއި އިނާޔަތްތައް އެއްހަމައެއްގައި ހިފެހެއްޓުމަކީ އެކޮމިޓީގެ ޒިންމާއެއް ކަމަށާއި, އެހެންކަމުން ޤާނޫނުތަކަށް ބަދަލު ނުގެނެސް އެކަން އެގޮތަށް ކުރުމަކީ އެންމެ އިންސާފުވެރި ގޮތް ނޫންކަމުގައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement