
ފަސް ޤައުމަކަށް ދިވެހި ސަފީރުން ޢައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި
ރައީސް މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ފަސް ޤައުމަކަށް ދިވެހި ސަފީރުން ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ސަފީރުން ހަމަޖެއްސުމަށް މިއަދު މަޖިލިހުން ރުހުންދީފައިވާ ފަސް ޤައުމަކީ ކެނެޑާ، މިޞްރު، ކުވޭތު، ބޫޓާން އަދި ސްވިޓްޒަލަންޑެވެ.
ކެނެޑާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެވުނީ މިހާރު އެމެރިކާގައި ހުންނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދެވެ. މިޞްރާއި ކުވޭތަށް ކަނޑައަޅާ ސަފީރުކަމަށް ހަމަޖެއްސެވީ މިހާރު ސަޢޫދީ ޢަރަބިއްޔާގައި ހުންނަވާ ސަފީރު އަޙްމަދު ސަރީރެވެ.
ބޫޓާނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވީ މިހާރު ބަންގްލަދޭޝްގައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދެވެ. އަދި ސްވިޓްޒަލަންޑަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ހަމަޖެއްސީ ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
މި ހުރިހާ ނަންފުޅުތަކަށްވެސް މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު ލިބުނެވެ. ކޮންމެ ނަންފުޅަކަށްވެސް 70 އަށްވުރެ ގިނަ މެންބަރުން ވޯޓު ދެއްވާފައިވެއެވެ. މި ސަފީރުންނަކީ ކުރިން ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅުންނެވެ.
ރިއެކްޝަންސް






