
ފުވައްމުލަކު ސިޓީ ޗަސްބިމުގައި އަނެއްކާވެސް ރޯވެއްޖެ, ނިއްވާލެވުނީ މިރޭ
ފުވައްމުލަކު ސިޓީ ދަނޑިމަގު ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 15:05 ހާއިރު ކަމަށެވެ. ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިރޭ 21:05 ހާއިރު ކަމަށް އެމްއެންޑިއެފްއިން ވިދާޅުވިއެވެ. މި މަސައްކަތުގައި ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންވެސް ބައިވެރިވިއެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ސިފައިން ޢާއްމުކުރި ފޮޓޯތަކަށް ބަލާއިރު ވަރަށް ބޮޑަށް ހުރީ ހުޅު ހިފާފައެވެ.
ރިއެކްޝަންސް






