ރައީސް މުޢިއްޒު ރާއްޖޭގެ ޒަޢާމަތުގައި މިވަގު ހުންނެވުމަކީ ނިޢުމަތެއް – ޑރ. ޝަހީމް

ރައީސް މުޢިއްޒު ރާއްޖޭގެ ޒަޢާމަތުގައި މިވަގު ހުންނެވުމަކީ ނިޢުމަތެއް – ޑރ. ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަޢާމަތުގައި މިވަގުތު ހުންނެވުމަކީ ﷲ ދެއްވި ވަރަށް ބޮޑު ނިޢުމަތެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ

10 months ago - 12:12
Jan 2, 2024 - 12:24
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަޢާމަތުގައި މިވަގުތު ހުންނެވުމަކީ ﷲ ދެއްވި ވަރަށް ބޮޑު ނިޢުމަތެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހު ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލެވަޑައިގެންނެވި ވަގުތަކީ ރާއްޖެ އިސްލާމީ ޝަޚްސިއްޔަތާއި ގައުމީ ބަހާތަށް އިތުރަށް ވަރުގަދަކޮށް ގައުމީ ފޭރާން އަލުން ވިޔަން ޖެހިފައިވާ ވަގުތެއްގައި ކަމަށެވެ.

"މިއީ ﷲ ޢައްޒަ ވަޖައްލަ، ދިވެހި އުއްމަތަށް، ދިވެހި ގައުމަށް ދަރުމަކުރެއްވި ވަރަށް އަގުހުރި ނިޢުމަތެއް. މިވަގުތު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތުގައި ހުންނެވުމަކީ" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

Advertisement

ޝަހީމް ވިދާޅުވީ މި ފުރުސަތަކީ ކޮންމެ އުންމަތަކަށްވެސް ސަތޭކަ އަހަރުން އެއްފަހަރު އަންނަ ފުރުސަތެއްކަން ތާރީޚީ ފަތްފުށްތަކުން އެގެން އޮންނަ ކަމަށެވެ.

"ޤައުމުގެ ފޭރާމާއި ޝަޚްސިއްޔަތު އަލުން އިޢާދަ ކުރުމަށް ލިބޭ ފުރުސަތެއް މި ފުރުސަތަކީ. އެހެންވީމަ މި ފުރުސަތު އަޅުގަނޑުމެން ނަގާލައިގެން ނުވާނެ"  އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މި ގައުމުގެ ގައުމީ ސިފަތައް އަލުން ޢިއާދަކޮށް އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކޮށް އެއްބައިވަންތަކަމުގެ ސަފުތައް ބަދަހި ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުގައި ހިއްޕެވުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ޝަހީމް ވަނީ މި ރާއްޖެއިން ބަދަލުހިމުފާއި ޙަސަދަވެރިކަމާއި ރުޅިވެރިކަން ނެތިކޮށްލުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި މުޅި ގައުމު އެކަތިގަނޑަކަށްވެ ގައުމައިގެން ކުރިއަށް ދިއުމަށް ސަރުކާރުން އެއަޅުއްވާ ފިޔަވަޅުތަކުގައި ސާބިތުކަމާއެކު ތިއްބެވުމަށްވެސް ގޮވާލައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement