ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙް ކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙް ކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ޒަކާތު ހައުސް އިފްތިތާޙް ކޮށްދެއްވީ އެކަމަށްޓަކައި މީގެ ކުޑައިރުކޮޅެއް ކުރިން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވީ އިސްލާމްދީނުގެ މުހިންމު ރުކުނެއް ރާއްޖޭގައި ތަންފީޒު ކުރެވެން ފެށުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ދިވެހިރާއްޖޭގައި ޒަކާރަށް ޚާއްސަ އިދާރާއެއް އުފައްދަވައި އިސްލާމް ދީނުގެ ތިންވަނަ ރުކުން ގައުމީ ފެންވަރުގައި ދެމެހއްޓުމުގެ ތަޞައްވަރު ގެންގުޅުއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާ ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރިއެކްޝަންސް