ޕްރީމިއާ ލީގުގައި އެއްޓީމަކަށް 150 ގޯލުޖެހި 5 ވަނަ ކުޅުންތެރިއަކަށް ޞަލާޙް
އިނގިރޭސި ޕްރިމިއާ ލީގުގައި އެއްޓީމަކަށް 150 ގޯލު ޖެހި 5 ވަނަ ކުޅުންތެރިއަކަށް މިސްރުގެ ތަރި ޞަލާހް
އިނގިރޭސި ޕްރިމިއާ ލީގުގައި އެއްޓީމަކަށް 150 ގޯލު ޖެހި 5 ވަނަ ކުޅުންތެރިއަކަށް މިސްރުގެ ތަރި ޞަލާހް ވެއްޖެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި އެއްޓީމަކަށް 150 ލަނޑު ޖެހި ފަސްވަނަ ކުޅުންތެރިއަކަށް ލިވަޕޫލްގެ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާހް ވެއްޖެއެވެ.
ސަލާހް ލިވަޕޫލްގެ ޖާޒީގައި 150 ވަނަ ލަނޑު ޖަހާފައިވަނީ ނިއުކާސަލް އާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ސަލާހްގެ ހަމައެކި ގޯލުން ނިއުކާސަލްގެ މައްޗަށް ހޯމަދުވަހު ލިވަޕޫލުން ކުރި ހޯދި މެޗުގައި ސަލާހު އޭނާގެ 150 ވަނަ ޕްރިމިއާ ގޯލު ޖަހާފައިވަނީ މެޗުގެ 49 ވަނަ މިނިޓުގައެވެ.
މިއާއެކު ސަލާހު ޕްރިމިއާ ލީގުގައި ޖެހި ލަނޑުގެ ޖުމްލަ 152 އަށް އަރައެވެ. އެއީ ޗެލްސީގެ ޖޯޒީގައި ސަލާހު ޖަހާފައިވާ ދެލަނޑާއެކުގައެވެ.
ޕްރީމިއާ ލީގުގައި އެއް ޓީމަކަށް 150 ލަނޑު ޖެހި އެހެން ކުޅުންތެރިންގެ ތެރޭގައި ޓޮޓެންހަމް އަށް 213 ލަނޑު ޖަހައިދިން އިނގިރޭސި ކެޕްޓަން ހެރީކޭން އާއި މެންޗެސްޓަރ ސިޓީ އަށް 184 ލަނޑު ޖަހާފައިވާ ސާޖިއޯ އަގުއެރޯ ހިމެނެއެވެ.
މީގެ އިތުރުން އިނގިރޭސި ކުރީގެ ކެޕްޓަން ވޭންރޫނީ މެންޗެސްޓަރ ޔުނައިޓެޑަށް ޖަހައިދިން 183 ލަނޑުގެ އިތުރުން ފްރާންސާއި އާސެނަލްގެ ތަރި ތިއަރީ އޮންރީ އާސެނަލްއަށް ޖަހާދީފައިވާ 175 ލަނޑާއެކު ސަލާހުގެ ކުރިން މި ލިސްޓުގައި އޮންރީގެ ނަން ހިމެނެއެވެ.
ރިއެކްޝަންސް