ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ
ނިމިދިޔަ ސަރުކާރުގެ ވަޒީރުކަން ކުރައްވައިފައިވާ ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ކުރީގެ ޓްރޯންސްޕޯޓު މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ޑެިއުޓީ ލީޑަރ އާއިޝަތު ނަހުލާ ނިންމަވައިފިއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ނަހުލާ ވިދާޅުވީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި ދާއިރާގެ ރައްޔިތުން ތާއީދުކޮށް ވޯޓު ދޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
އައްސަލާމް ޢަލައިކުމް
2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތް ﷲގެ ވާގިފުޅާއިއެކު އަޅުގަނޑު ޢައިޝަތު ނަހުލާ(ޢައިޝާ)ކުރިމަތިލުމަށް ނިންމައިފީމެވެ.
1/2 — Aishath Nahula (@aishath_nahula) January 1, 2024
ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް އެދުމުގެ ފުރުޞަތު މި މަހުގެ 25 އާ ހަމައަށް އެ ޕާޓީން ވަނީ ހުޅުވާލާފައި ވާއިރު ނަހުލާ ވާދަކުރައްވަން ނިންމަވާފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިހާބުގެ ގެ އެކި ދާއިރާތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ޖެނުއަރީ 10 ވަނަ ދުވަހު އާންމު ކުރުމަށް މަޝްވަރާތައް ކުރަމުންނެވެ.
ނަހުލާގެ އިތުރުން ކުރީ ސަރުކާރުގެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ވަނީ މަޖިލީހަށް ވާދަކުރައްވާކަން އިޢުލާން ކުރައްވާފައެވެ. އޭނާ ވާދަކުރައްވަނީ ވ. ފެލިދޫ ދާއިރާއަށެވެ.
ރިއެކްޝަންސް