
އަހަރެމެންނަކީ ހަޤީގީ ރަޙްމަތްތެރިން- މޯދީ
އިންޑިޔާއާއި ރާއްޖެއަކީ ހަގީގީ ރަހުމަތްތެރިންކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. މޯދީ މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ބޭއްވި ރޭގަނޑުގެ ފަރިކޮޅުގައި ވާހަކަދައްކަވަމުންނެވެ.
މޯދީ ވިދާޅުވީ އަހަރެމެންނަކީ ހަގީގީ ރަހުމަތްތެރިން ކަމަށާއި އިންޑިއާ އަބަދުވެސް އޮންނާނީ ދިވެހިންނާއެކު ކަމަށެވެ. ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެހީތެރިކަމަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ތިބޭނީ ރާއްޖެއާ އެކުގައި ކަމަށެވެ.
"އިންޑިއާގެ ފުރަތަމަ ރަޙްމަަތްތެރިޔާގެ ސިޔާސަތުގެ ދަށުން ދިވެހިން ބުނާނަމަ ޑިޕްލޮމަސީއަށް ވުރެ ބޮޑަށް އިންޑިއާ އާއި ރާއްޖެ އާ ދެމެދުގައި ފެންނަނީ ގާތް ގުޅުން . އަހަރެމެން ދެގައުމުގެ ދެމެދުގައިވާ ގުޅުމަކީ އެހާމެ ތާރީހީ އަދި އެހާމެ ފޮނި ގުޅުމެއް." މޯދީ ވިދާޅުވިއެވެ.
ދިވެހިރާއްޖެ އާއި މަލިކު މީހުން ވާހަކަދައްކަނީ އެއްބަހަކުންކަން ފާހަގަކުރައްވާ މޯދީ ވިދާޅުވީ ދިވެހި ބަސްތައްއިންޑިޔާއިން އަބަދުވެސް އިވޭކަމަށެވެ. "އަހަރެމެން ދެގައުމުގެ ކޮމްބިނޭޝަން އަކީ އެކައްޗެއް. ވަކިން އޮތަސް ހަމަ އެއްވަނަ އެކުލެވުމެއް." މޯދީ ވިދާޅުވިއެވެ.
އިންޑިއާގައި ތައުލީމު ހާސިލްކުރުމަށް އަދި ބޭހަށްގޮސް ރާއްޖޭގެ އެތައްހާސް ބަޔަކު އަބަދުވެސް ތިބޭކަން ފާހަގަކުރައްވާ ވިދާޅުވީ ހަމައެފަދައިން އިންޑިއާގެ އެތައްހާސް ފަތުރުވެރިން އަަބަދުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ކަމަށެވެ. ދެ ގައުމުވެސް ހިމެނެނީ ގްލޯބަލް ސައުތުގެ ޤައުމުތަކުގެ ގޮތުގައި ކަމަށާއި, އިންފްރާސްޓަރކްޗަރ ނުވަތަ ޤާބިލްކަން އިތުރުކުރުމުގެ ދާއިރާއަށް ބެލިއަސް އިންޑިއާ އަބަދުވެސް ރާއްޖޭގެ ލާބަޔަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ. ސަލަމާތީ ކަންކަމާއި ދެމެހެއްޓެނިވި ތަރައްޤީގެ ކަންކަމުގައި ދެޤައުމުން އިތުރަށް ކުރިއަށްދާންޖެހޭކަންވެސް މޯދީ ފާހަގަކުރެއްވިއެވެ.
"ރާއްޖެއާއި އންޑިއާގެ ގުޅުން ބިނާވެފައިވަނީ އިތުބާރުގެ މައްޗަށް." ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަ ރޭވެސް ތަކުރާރު ކުރެއްވިއެވެ.
މޯދީ ވިދާޅުވީ ދިވެހިރާއްޖޭގެ 60 މިނިވަންދުވަހުގެ ޝަރަފުވެރި މެހެމާނަކަށް ވުމުގެ ޝަރަފާއެކު ރާއްޖެއަށް އާދެވުމަކީ ވަރަށް އުފާކުރާކަމެއް ކަމަށެވެ.
"އަޅުގަނޑަށް ދިވެހިރާއްޖެއަށް އައުމަށް ދައުވަތު ދެއްވިކަމަށްޓަކައިރާއްޖޭގެ ރައީސަށް ޝުކުރު ދަންނަވަން" މޯދީ ވިދާޅުވިއެވެ.
ރިއެކްޝަންސް






