އިޒްރާއިލްއިން ހިޒްބުالله ލީޑަރު ޙަސަން ނަޞްރުالله އަވަހާރަކޮށްލައިފި
މިއަދު ޝަހީދު ކޮށްލި ހަސަން ނަސްރުالله: ފޮޓޯ-އެކްސް

އިޒްރާއިލްއިން ހިޒްބުالله ލީޑަރު ޙަސަން ނަޞްރުالله އަވަހާރަކޮށްލައިފި

ހިޒްބުالله އިން ވަނީ މިކަން ކަށަވަރުކޮށްދީފައި

20 days ago - 18:17
Sep 28, 2024 - 18:18

ފާއިތުވި 24 ގަޑިއިރު އިޒްރާއިލްއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ހިޒްބުالله ގެ ކޮމާންޑަރު ޙަސަން ނަޞްރުالله އަވަހާރަކޮށްލާފައިވާކަން އެޖަމާއަތުން ކަށަވަރުކޮށްދީފިއެވެ. އެކަން ކަށަވަރުކޮށްދީފައިވަނީ އެޖަމާޢަތުން ނެރުނު ބަޔާނެއްގައެވެ.

ހިޒްބުالله ލީޑަރު ޙަސަން ނަޞްރުالله އަވަހާރަކޮށްލައިފި ކަމަށް އިޒްރާއިލްގެ އަސްކަރިއްޔާއިންވެސް ވަނީ މީގެ ދެތިން ގަޑިއިރުކުރިން އިއުލާންކޮށްފައެވެ. އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ހިޒްބުالله ލީޑަރު އަވަހާރަކޮށްލާފައިވަނީ ބެއިރޫތްގެ ދެކުނުގައި ހުންނަ އެޖަމާޢަތުގެ މައިމަރުކަޒަށް އިސްރާއިލްގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކުގައެވެ.

އިޒްރާއިލްއިން މިކަން ހާމަކޮށްފައިވަނީ އަސްކަރިއްޔާގެ ތަރުޖަމާނު, ލެފްޓިނެންޓް ކާނަލް ނަދާވް ސޮޝާނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ހަމަލާތަކުގައި ހިޒްބުالله ސަދަން ފްރޮންޓްގެ ކޮމާންޑަރު އަލީ ކާކީ އާއި އިތުރު ކޮމާންޑާރުން ތަކެއްވެސް މަރާލާފައިވާނޭ ކަމަށް އިޒްރާއިލްއިން ވަނީ ބުނެފައެވެ. ފާއިތުވި 24 ގަޑިއިރު އިޒްރާއިލްއިން ވަނީ ބެއިރޫތްގެ ދެކުނު ދާހިޔާ ސަރަޙައްދު ހިމެނޭހެން ދެކުނު ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ހޮނިހިރު ދުވަހު ހެނދުނުވެސް އިޒްރާއިލްއިން ވަނީ އެސަރަޙައްދަށް ބޮންއަޅާ އާންމުން ދިރިއުޅޭ އިމާރާތްތަކެއް ބިމާ ހަމަކޮށްލާފައެވެ. މިހަމަލާތަކުގައި މިހާތަނަށް 6 މީހަކު މަރުވެ, 91 މީހަކު ޒަޙަމްވެފައިވާކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދީފައި ވެއެވެ. އިޒްރާއިލްއިން ބުނެފައިވަނީ ހިޒްބުالله ގެ 140 ތަނަކަށް އަމާޒުކޮށް ހޮނިހިރު ދުވަހު އެމީހުން ހަމަލާދީފައި ވާނޭކަމަށެވެ.

Advertisement

64 އަހަރުގެ ނަޞްރުالله ވަނީ އީރާންގެ އެހީތެރިކަމާއެކު 32 އަހަރު ވަންދެން އޭނާގެ ލީޑަރުކަމުގައި ދަށުގައި ސިޔާސީ އަދި އަސްކަރީގޮތުން ހިޒްބުالله  ބާރުވެރި ކޮށްދީފައެވެ. އެޖަމާއަތުގެ ރޫޙާނީ ލީޑަރުގެ ހައިސިއްޔަތުން ލުބުނާނުގައި އެޖަމާއަތުން ވަނީ މަޤާމެއް ހޯދާފައެވެ.

ހިޒްބުالله ގެ ލީޑަރު ޙަސަން ނަޞްރުالله އެންމެ ފަހުން ދިން ތަޤްރީރުގައި އޭނާ ވިދާޅުވެފައި ވަނީ ތިޔަބައިމީހުންނާ އެކު ތިމަން ދެން މާގިނަ ދުވަހު ހުރެވޭނެކަމެއް ނޭނގެކަމުގައެވެ. އަދި އަހަރެމެން އެންމެން ޝަހީދުކޮށްލި ނަމަވެސް ނުވަތަ އަހަރެމެންގެ ގެދޮރު ބިމާ ހަމަކޮށްލި ނަމަވެސް އަހަރެމެން މިކުރާ ޖިހާދު ހުއްޓާނުލުމަށް ގޮވާލާކަށް އޭނާ ވިދާޅުވެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow