ސައުދިއެރޭބިއާގައި ބޭއްވި ޖެނިފަރ ލޮޕޭޒްގެ ބިޔަ ކޮންސެޓާއެކު ގިނަ ބަޔަކު ރަތަށް
ސައުދީގައޮ ޖެނިފާ ލޮޕޭޒް ގެ ކޮންސެތްގެ ތެރެއިން. ފޮޓޯ: ނިއުއެރެބް

ސައުދިއެރޭބިއާގައި ބޭއްވި ޖެނިފަރ ލޮޕޭޒްގެ ބިޔަ ކޮންސެޓާއެކު ގިނަ ބަޔަކު ރަތަށް

މައްކާ އާ އެންމެ 80 ކިލޯމީޓަރު ދުރުގައި މިފަދަ އަމަލެއް ހިންގުމަކީ ދީނަށްކުރި ފުރައްސާރައެއް ކަމަށް ގިނަބަޔަކު ދެކޭ

6 hours ago - 12:03
Apr 22, 2025 - 13:10

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އާއެކު ހަފުތާބަންދުގައި ސައުދިއެރާބިއާގައި ބޭއްވި ބިޔަ ކޮންސެޓާއެކު ގނަ ބައެއްގެ ނުރުހުން ސައުދީ ސަރުކާރަށް އަމާޒުކޮށްފިއެވެ.

މި އިވެންޓް ބާއްވާފައިވަނީ މާތްވެގެންވާ ހަރަމްފުޅާއި އެއްމެ 80 ކިލޯމީޓަރު ދުރުގައެވެ. އަދި އެފަދަ ފާހިޝް އަމަލެއް މުސްލިމުންގެ މުޤައްދަސް ބިން, މައްކާ އަދި ހަރަމްފުޅާ އެހާ ގާތުގައި ބޭއްވުމަކީ އިސްލާމް ދީނަށްކުރި ފުރައްސާރައެއްގެ ގޮތުގައި ގިނަބަޔަކުވަނީ ސިފަކޮށްފައެވެ.

މިއީ ސައުދި އެރެބިއާގެ 2030 ގެ ބްރޯޑަރ ވިޝަން ގެ ދަށުން މުނިފޫހިފިލުވުމާއި ސަގާފަތް ސިންދަފާތުކުރުމުގެ ތެރެއިން ކުރިއަށް ގެންދެވުނު އިވެންޓެކެވެ. ނަމަވެސް ކޮންސެޓާއެކު ސައުދި އެރެބިއާ ހިމެނޭ އަރަބި ދުނިޔޭގައި ވަނީ ހޫނު ބަހުޘްތަކެއް ފެށިފައެވެ.

ކޮންސެޓްގައި ޖެނިފަރ ލޮޕޭޒް ވަނީ އޭނާގެ އެންމެ ހިޓް ލަވަތައް ކަމުގައިވާ 'އޮން ދި ފްލޯ', 'ލެޓްސް ގެޓް ލައުޑް', އަދި 'އައި އޭމް އިންޓު ޔޫ" ފަދަ ލަވަތާކާއެކު މުޅި ސަރަހައްދު ގުގުމާލާފައެވެ. ލޮޕޭޒް އާއެކު ބައެއް އަރަބި އާޓިސްޓުން ކަމަށްވާ މަރްވަން ޕަބްލޯ, ހިޝާމް އައްބާސް, މޮސްތަފާ އާމިރް އަދި ހާމިދް އެލް-ޝައެރީ ވެސް ފެނިގެން ގޮސްފައިވެއެވެ.

Advertisement
Advertisement

ފާޑުކިޔާ މީހުން ބުނެފައިވަނީ މައްކާއާ އެހާ ކަރީގައި އެފަދަ މުންކަރާތް ހިމެނޭ ބޮޑެތި އަމަލުތައް ހިންގުމަކީ ލަދުވެތި ކަމެއް ކަމަށާއި އެއީ އިސްލާމް ދީނަށް އިހާނެތިކޮށް ހިތުންކަމަށެވެ. ދީނީ މީހުންނާއި, އިޖްތިމާއީ ކޮމަންޓޭޓަރުންވެސް މިކަމަށް ފާޑުކިޔާފައިވާއިރު މާތްވެގެންވާ ކަޢުބާ އާ އެހާ ކައިރީގައި އެފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެކަމެއް ނޫންކަމުގައި އެފަރާތަކުން ބުނެފައި ވެއެވެ.

"ޑާންސާއި ލަވަތައް ހިމެނޭ ގޮތަށް ބަރަހަނާކޮށް ހެދުންއަޅައިގެން މައްކާއާ އެހާ ކައިރީގައި އެފަދަ މުންކަރާތެއް ހިންގުމަކީ އިޙްތިރާމް ނެތް އަމަލެއް. ސައުދި އެރޭބިއާއިން ހަނދާން ނައްތާލައިގެން ނުވާނެ އެއީ މުސްލިމުންގެ މުޤައްދަސް ދެ މިސްކިތް ހުރި ބިންކަމެއް" ކޮންސެޓާ ގުޅޭގޮތުން މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow