
ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކަށް 54 އަހަރުގެ ޖަލު ހުކުމެއް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް 54 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ކްރިމިނަލް ކޯޓުން ހުކުމް އިއްވީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ, ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގި މީހެއްގެ މައްޗަށެވެ. އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި މައްސަލައާ ގުޅިގެންނެވެ.
އެމައްސަލައިގައި އޭނާގެ މައްޗަށް ހުކުމް އިއްވިއިރު ބަންދުގައި ހުންނަތާ ވަނީ ތިން އަހަރު ވެފައެވެ. ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ހުކުމް ތަންފީޒުކުރަން ޖެހެނީ 51 އަހެރެވެ. ހުކުމް އިއްވީ 51 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ހުކުމް ކުރީ އިއްޔެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އޮކްޓޫބަރު 18 ވަނަ ދުވަހުއެވެ.
ރިއެކްޝަންސް






