
ޓްރަމްޕްގެ ސަރުކާރު ގޮވައިގެން ހާވަޑް ޔުނިވަރސިޓީން ކޯޓަށް
ހާވަޑް ޔުނިވަރސިޓީން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ކޯޓުގައި ދަޢުވާ އުފުލައިފިއެވެ. މިއީ ސަރުކާރުން ހާވަޑް ޔުނިވަރސިޓީއަށް ލިބެންޖެހޭ ފަންޑިންގެ 2.2 ބިލިއަން ޑޮލަރު ފްރީޒް ކޮށްފައިވާވުން މަޑުޖައްސާލުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލައެކެވެ.
"ސަރުކާރުގެ ޣައިރު ޤާނޫނީ ޑިމާންޑްތަކަށް ހާވަޑް އިން ބޯލެބުމަށް އިންކާރުކޮށްފައިވާތީވެ, ފާއިތުވެދިޔަ ހަފުތާގައި ވަނީ ހާވަޑް އާ ދެކޮޅަށް ވަރަށްގިނަ ފިޔަވަޅުތައް އަޅާފަ. އެހެންވެ, މީގެ ކުޑަ އިރުކޮޅެއް ކުރިން އަހަރެމެން އެމެރިކާގެ ސަރުކާރާ ދެކޮޅަށް ދަޢުވާ އުފުލައިފިން" ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ހާވަޑްގެ ރައީސް އަލަން ގާބަރ ބުނެފައި ވެއެވެ.
ގާބަރ އިތުރަށް ބުނީ އެމެރިކާ ސަރުކާރުގެ އެ އަމަލަކީ ޤާނޫނާ ޚިލާފް އަމަލެއް ކަމަށާއި, އަދި ސަރުކާރުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރުން ކަމުގައެވެ. ޓްރަމްޕް ވަނީ ހާވަޑް އަށް ދީފައި އޮންނަ 'ޓެކްސް އެކްސެޕްްޝަން' ވެސް ފާއިތިވު ހަފުތާގައި އުވާލާފައެވެ.
ހާވަޑްގެ ދަޢުވާގައިވަނީ އެމެރިކާގެ އެޑިއުކޭޝަން ޑިޕާޓްމަންޓް, ސިއްހީ ޑިޕާޓްމަންޓް, ޖަސްޓިސް ޑިޕާޓްމަންޓް, އެނަރޖީ ޑިޕާޓްމަންޓް އަދި އާންމު ހިދުމަތުގެ ޑިޕާޓްމަންޓްވެސް ހިމަނާފައެވެ. އެމެރިކާ ސަރުކާރުން މިކަމާ ގުޅިގެން އަދި ވަކި އެއްވެސް ބުނެފައެއް ނުވެއެވެ.
ޓްރަމްޕް އަދި ވައިޓްހައުސްގެ ޓީމުންދަނީ ޔުނިވަރސިޓީ ތަކާ ދެކޮޅަށް ހިންގާ ކެމްޕެއިންތައް ދިފާއުކުރުމަށް އާންމުންގެ މެދުގައި މަސައްކަތްކުރަމުންނެވެ. އެގޮތުން, އެއީ ޔުނިވަރސިޓީ ތަކުގައި ޔަހޫދީ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓުވުމުގެ ގޮތުންކުރާ މަސައްކަތެއް ކަމުގައި ވަނީ ބުނަމުންނެވެ.
ދުނިޔޭގެ އެންމެ މޮޅު, އަދި އެންމެ މަޝްހޫރު ޔުނިވަރސިޓީ ކަމަށްވާ ހާވަޑް ޔުނިވަރސިޓީގައި މިހާރުވެސް 1968 ދަރިވަރުން ތައުލީމު ހާސިލްކުރަމުންނެއެވެ.
މިއީ ޓްރަމްގެ ސަރުކާރުން ދަރިކުރުމުގެ ފިޔަވަޅުއެޅި ހަތްވަނަ ޔުނިވަރސިޓއެވެ. މި ހުރިހާ ފިޔަވަޅެއްވެސް އައިސްފައިވަނީ 2024ގައި އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކުރިއަށްދިޔަ ފަލަޞްޠީނާ އެއްކޮޅު, އަދި އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ އުދުވާނާ ދެކޮޅު ހަރަކާތްތަކާ ގުޅިގެންނެވެ.
ރިއެކްޝަންސް






