ރުޑީގާ އާއެކު ރެއާލް މެޑްރިޑްގެ ޑިފެންސް އަނިޔާގައި
ރުޑީގާއަށް އަނިޔާވެ ދަނޑުމަތީގައި ފަރުވާދެނީ. ފޮޓޯ: ފުޓްބޯލް އެސްޕާނާ

ރުޑީގާ އާއެކު ރެއާލް މެޑްރިޑްގެ ޑިފެންސް އަނިޔާގައި

14 hours ago - 00:55
Apr 30, 2025 - 10:51

ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާގެ ކަކުލަށް އަނިޔާވެ, ޑިފެންސް އަށް މައްސަލަތައް ކުރިމަތިވެއްޖެއެވެ.

ރުޑިގާގެ ކަކުލަށް އަނިޔާވެ މެނިސްކަސް ސާޖަރީއެއް ހަދާ ދެ މަސްދުވަހަށް ވަނީ ކުޅުމާ ދުރުށްދާން ޖެހިފައެވެ. ރެއާލްގެ ފަހަތަށްކުޅޭ އެހެން ގިނަ ކުޅުންތެރިންތަކެއްވެސް މިވަގުތު ތިބީ އަނިޔާގައެވެ.

ރުޑީގާ ރިކަވަރވެ އަލުން ކުޅުމުގެ ތެރެއަށް އަންނައިރު ސީޒަންގެ ފަހު ބައި އޭނާއަށް ގެއްލި ހޫނު މޫސުމުގައި އޮންނަ ކްލަބް ވޯލްޑްކަޕްވެސް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލުއުފެދިފައެވެ.

"އަހަރެން ސާޖަރީއަކަށް މިދިޔައީ ހަތް މަސްވަންދެން އެ ތަދާއެކު ކުޅެފައި, އިތުރު ގޮތެއް ނެތުމުން. މެނިސްކަސް ސާޖަރީ އެއް ހެދުން ނޫން އެހެން ގޮތެއްނެތް މިވަގުތަށް ކިތަންމެ ނަސީބުދެރަކޮށް ދިމާވިއަސް" ރުޑީގާގެ ފޭސްބުކް ޕޯސްޓްގައި ލިޔެފައިވެއެވެ.

Advertisement
Advertisement

ރެއާލްގެ ފަހަތަށް ކުޅޭ އެޑަރ މިލިއާޓޯ އަދި ޑެނީ ކަވަހާލް ވެސް ސިޒަންގެ ކުރީކޮޅު ކަކުލުގެ އޭސީއެލް ސާޖަރީއަކަށްފަހު ކުޅުމާ ދުރުގައި ތިބޭތާ ވަނީ ގިނަ ދުވަސްތަކެއްވެފައެވެ.

އަނިޔާއަށްފަހު އެނބުރި އައިސް ކޮޕާ ޑެލް ރޭގެ ފައިނަލްގައި 8 މިނިޓް ކުޅުމަށްފަހު ވައަތުބެކް ފާލަންޑް މެންޑީއަށްވެސް ވަނީ އަނިޔާވެފައެވެ. ލެފްޓް ބެކަށް ކުޅޭ ރެއާލްގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ ވެސް ފާއިތުވި ހަފުތާގައި ލަލީގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ ސީރިއަސް ގޮރޮއިން އިންޖަރީއެއްވެ, ސީޒަން ނިމިފައެވެ.

މެންޑީއަށް ލިބުނު އަނިޔާއިން އެނބުރި އަންނަން އިތުރު ދެމަހާ ބައި ނަގާނެ ކަމަށް މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެން އިން ވަނީ ރިޕޯޓްކޮށްފައެވެ.

ހޫނު މޫސުމުގެ ޓްރާންސްފަރ ގައި ރެއާލުން ލެފްޓްބެކުންގެ ސޮއި ހޯދަން ކުރާ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރެއާލްގެ ޔޫތު ޓީމުގައި ކުޅޭ ފްރޭން ގާސިއާ އަދި މިގޭލް ގަޓިއެރޭޒް ހޯދުމަށްކަމަށް މަސްދަރުތައް ބުނެއެވެ. ގަޓިއަރޭސް މިހާރުކުޅެނީ ޖިރޯނާއަށެވެ.

ލަލީގާގައި މިހާރު ބާކީ އޮތީ ފަސް މެޗެވެ. ތާވަލްގެ ދެވަނައިގައި ރެއާލް އޮތީ ކުރީގައި އޮތް ބާސެލޯނާއަށްވުރެ ހަތަރު ޕޮއިންޓް މަދުކޮށެވެ. އަންނަ ހަފުތާގައި ބާސެލޯނާގައި ކްލެސީކޯ އެއް ކުޅުމުގެ ކުރިން އާދިއްތަ ދުވަހު ރެއާލްގެ ދަނޑުގައި ސެލްޓަވީގޯ އާ ރެއާލް ބައްދަލުކުރާނެއެވެ.

ކްލަބް ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި ރެއާލް ބައްދަލުކުރާނީ އަލް ހިލާލް, ޕަޗޫކާ އަދި އާރުބީ ސަލްސްބާގް އާއެވެ. ފުރަތަމަ މެޗުގައި ޖޫން 18 ވަނަ ދުވަހު ފްލޮރިޑާގެ މަޔާމީގައި ނިކުންނާނީ ސައުދީ ޕްރޯލީގުގެ ކްލަބް އަލް-ހިލާލްއާ ދެކޮޅަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow