
އެމްބާޕޭ އަދި ވިނީޝިއުސް ހިމެނޭހެން ރެއާލް މެޑްރިޑްގެ ހަތަރު ކުޅުންތެރިއެއްގެ މައްސަލަ ޔުއެފާއިން ބަލަނީ
އެމްބާޕޭ އާއި ވިނީޝިއުސް ޖޫނިއަރ ހިމެނޭހެން ރެއާލް މެޑްރިޑްގެ ހަތަތު ކުޅުންތެރިއެއްގެ އަޚްލާޤީ މައްސަލައެއް ޔުއެފާއިން ބަލަން ފަށައިފިއެވެ. ޔުއެފާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ކުޅުންތެރިންގެ މައްސަލަ ބަލަން ނިންމީ ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ މެޑްރިޑް އާ ބައްދަލުކުރި މެޗުގައި އެކުޅުންތެރިންގެ ފަރާތުން ފެނުނު 'ބޭއަދަބީ އަދި އަޙްލާޤީ މިންގަނޑުން ބޭރު" އަމަލަކާ ގުޅިގެން ކަމުގައެވެ.
މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ރެއާލުން ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި އެތްލެޓިކޯ ބަލިކުރީ ޕެނަލްޓީން 4-2 ންނެވެ.
ޔުއެފާއިން ބުނީ އެ މައްސަލަ ހިނގާދިޔަގޮތް ބެލުމަށް އެތިކްސް އަދި ޑިސްޕްލިނަރީ އިންސްޕެކްޓަރެއް މިހާރުވާނީ ކަނޑައަޅާފައި ކަމުގައެވެ. އަދި އިންސްޕެކްޓަރު ކުޅުންތެރިންގެ އަޙްލާގާ ގުޅޭ މައްސަލަ ދިރާސާ ކުރާނެ ކަމުގައެވެ. މިމައްސަލައިގައި ހިމެނޭ އަނެއް ދެ ކުޅުންތެރިންނަކީ އެންޓޯނިއޯ ރުޑީގާ އަދި ޑެނީ ސެބަލޮސް އެވެ.
ޔުއެފާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކަށް ފޯރުކޯށްދެމުން ގެންދާނެ ކަމުގައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ކްލިޕްތަކުގައި ޕެނަލްޓީން ރެއާލަށް ކުރިލިބުމާއި އެކު އެމްބާޕޭ ފަރާތުން ކުޅިވަރުގެ އަޙްލާޤާ ހިލާފް އަމަލެއް އުފާފާޅުކުރުމުގެ ގޮތުން ފެނެއެވެ.
އެކަމާ ގުޅިގެން އެއްވެސް ކުޅުންތެރިއަކަށް ފިޔަވަޅެއް އަޅަން ޔުއެފާއިން ނިންމައިފިނަމަ އެ ކުޅުންތެރިއަކަށް އެޕްރީލް 8 ވަނަ ދުވަހު އާސެނަލް އާ ދެކޮޅަށް ރެއާލުން ކުޅޭ ކުއާޓަރ ފައިނަލް ގެ ފުރަތަމަ ލެގުގައި ނުކުޅެވޭނެއެވެ.
މިބާވަތުގެ މައްސަލައެއްފައި ފާއިތުވި އަހަރުވެސް ރެއާލްގެ މެދުތެރެއަށް ކުޅޭ ޖޫޑް ބެލިންގްހަމް އާ ގުޅޭ ގޮތުން ޔުއެފާއިން ބަލާ, އެއްމެޗުގެ އެއްއަހަރަށް ފަސްކޮށްފައިވާ ބޭން އެއް ވަނީ އަދަބެއްގެ ގޮތުން ލިބިފައެވެ. އެއީ އޭނާ އިނގިރޭސި ޤައުމީޓީމަށް ކުޅުނު މެޗަކަށްފަހު ހިގާދިޔަ ހަމަ އެފަދަ މައްސަލައެއްގެ ސަބަބުން ދީފައިވާ އަދަބެކެވެ. އެފަހަރު ޔުއެފާއިންވަނީ ބެލިންގްހަމް ފުޓްބޯޅައިގެ އެންމެ އާދައިގެ ޤަވާއިދާ ޚިލާފްވި ކަމަށް ކަނޑައަޅާ 30,000 ޔޫރޯ އިން ޖޫރިމަނާވެސް ކޮށްފައެވެ.
ރިއެކްޝަންސް






