އަލުން ތާވަލްގެ ކުރިއަށް އާދެވުނަސް އޮލްމޯއަށް އަނިޔާވެ ފްލިކްގެ ރުޅިގަނޑު ފަޅައިގެން ގޮސްފި
ރޭގެ މެޗުގައި އޮލްމޯ. އަނިޔާގެ ތަފްސީލް ލިބޭނީ މާދަމާ ހަދާ ޓެސްޓްތަކުގެ ނަތީޖާއަށް ފަހު

އަލުން ތާވަލްގެ ކުރިއަށް އާދެވުނަސް އޮލްމޯއަށް އަނިޔާވެ ފްލިކްގެ ރުޅިގަނޑު ފަޅައިގެން ގޮސްފި

3 days ago - 06:20
Mar 28, 2025 - 10:29

ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާ އާއި ބާސެލޯނާ ބައްދަކުކުރި މެޗު 3-0 ން ކާމިޔާބުކޮށް ލީގުތާވަލްގެ އެއްމެ ކުރިއަށް ބާސެލޯނާ ޖެހިލައިފިއެވެ. ނަމަވެސް ޑެނީ އޮލްމޯއަށް އަނިޔާވެ ހިތްހަމަނުޖެހިފައި ހުރި ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ބުނީ މޮޅުވުމަށްޓަކައި ބާސެލޯނާއިން "ދައްކަންޖެހުނީ ބޮޑު އަގެއް" ކަމަށެވެ.

ފްލިކް ރުޅިގަނޑު ފަޅައިގެންދިޔައީ އޮސަސޫނާ އާ ބައްދަލުކުރަން އޮތް މެޗު ފަސްވެ, ބުރާސްފަތި ދުވަހު އަލުން މެޗު ތާވަލްކުރުމުންނެވެ. މިމަހު ކުރީކޮޅު އެ މެޗު ފަސްކުރީ ބާސެލޯނާގެ ޑޮކްޓަރުގެ ކުއްލި މަރާއެކު ދެޓީމު އެގޮތަށް އެއްބަސް ވެގެންނެވެ. ނަމަވެސް އިންޓަނޭޝަލް ބްރޭކްގެ ނިމޭތަނަށް އެމެޗް އަލުން ކުޅޭގޮތަށް ތާވަލްކުރުމުން ދެ ޓީމުގެ ފަރާތުންވެސް ވަނީ އެކަމާ ދެކޮޅަށް އިޙްތިޖާޖުކޮށްފައެވެ.  

ރޭގެ މެޗުގައި އޮލްމޯއަށް އަނިޔާވެ 28 ވަނަ މިނިޓްގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮލްމޯގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ ދެނެގަންނަން ބުރާސްފަތި ދުވަހު ޓެސްޓްތައް ހަދާނެއެވެ. އަދި މިވަގުތުގެ ހާލަތު ބުނާގޮތުންވެސް އޮލްމޯ އެންމެ މަދުވެގެންވެސް ދޭއް ނުވަތަ ތިން ހަފުތާވަންދެން ކުޅުމާ ދުރައްދާންޖެހޭނެއެވެ.

މެޗުގައި ބާސެލޯނާގެ ގޯލްތައް ކާމިޔާބުކުރީ ފެރަން ޓޮރޭސް, އޮލްމޯ އަދި ރޮބާޓް ލެވަންޑޮސްކީއެވެ. މެޗުން މޮޅުވެ ތާވަލް ގެ އެންމެ މައްޗަށް ޖެހިލެވުނު ނަމަވެސް އޮލްމޯއަށް ދިމާވި އަނިޔާގެ މައްސަލައާއެކު ބާސާއަށް ވަނީ ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ.

Advertisement
Advertisement

"މިއަދު އަހަރެމެންގެ ހާލަތުގެ އެންމެ ރަނގަޅު ފެންވަރު މި ދެއްކީ. އެކަމަކު މިއީ މި މެޗު ކުޅެން އެންމެ އެކަށީގެންވާ ދުވަހެއްނޫން. އަހަރެމެންނަށް ތިން ޕޮއިންޓް ލިބުނަސް އޭގެ އަގު ވަރަށް މަތިން އަހަރެމެން ދައްކަންޖެހުނު" މެޗަށްފަހު ބޭއްވި ނޫސް ކޮންފަރެންސްގައި ފްލިކް ބުންޏެވެ.

ފްލިކް ވަނީ އޮލްމޯގެ އަނިޔާއާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ. ދެ ހަފުތާއަށް ކުޅުމާ ދުރުގައި އޮލްމޯ ހުންނަށް ޖެހުމަކީ ވަރަށް ބައިވަރު މެޗު ގެއްލުން ކަމަށާއި, އެހެންކަމަށްވާނަމަ ބާސެލޯނާ އުނދަގޫ ހާލަތަކަށް ހިނގައިދާނެ ކަމަށްވެސް ފްލިކް ބުންޏެވެ. އެހެންކަމުން ތިން ޕޮއިންޓަށް ދައްކަން ޖެހުނު އަގު މާބޮޑަށްވެސް ބޮޑުކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

ބާސެލޯނާއިން ކުރިއަށް އޮތް މެޗުގައި ބްރެޒިލްގެ ރަފީނިއާ ވެސް ނުފެންނާނެއެވެ. އޭނާ މިވަގުތު ހުރީ ވޯލްޑް ކަޕް ކޮލިފައިންސްގައި އަންގާރަ ދުވަހު ބްރެޒިލްއިން އާޖެންޓީނާ އާ ދެކޮޅަށް ނިކުންނަ މެޗަށް ޤައުމީ ޑިއުޓީއަށް ވީއްލާފައެވެ. ރޮނާލްޑް އަރޫޖޯވެސް މިވަގުތު ހުރީ ޔުރުގުއާއީގެ ޤައުމީ ޓީމިގެ ޑިއުޓީގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow