ނައިފަރުގައި ޤުރުއާން މަރުކަޒެއް އެޅުމަށް އިސްލާމިކް މިނިސްޓްރީގެ ވަޤުފު ފަންޑުން އެހީވަނީ
ނާޒިލްގެ ގުރުއާންކުލާހުން އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުން / ފޮޓޯ: ނާޒިލް

ނައިފަރުގައި ޤުރުއާން މަރުކަޒެއް އެޅުމަށް އިސްލާމިކް މިނިސްޓްރީގެ ވަޤުފު ފަންޑުން އެހީވަނީ

3 days ago - 14:40
Mar 28, 2025 - 16:44
Advertisement
Advertisement

ޅ. ނައިފަރުގައި ޤުރުއާން ހިތުދަސްކުރާ މަރުކަޒެއް އެޅުމަށް ވަޤުފު ފަންޑުން އެހީތެރިވާން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ، ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި، ޅ. ނައިފަރުގެ ޤުރުއާން ލާނިނގ ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާތީވެ، މިނިސްޓްރީގެ އިސްލާމީ ވަޤުފު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް މިނިސްޓަރު ދެއްވާފައެއް ނުވެއެވެ.

Advertisement
Advertisement

ނައިފަރަކީ ގިނަ އަދަދެއްގެ ޒުވާން ހާފިޒުން ތިބި ރަށެކެވެ. އެ ރަށުގެ ފުރަތަމަ ހާފިޒު ޝެއިޚް މުޙައްމަދު ނާޒިލް ވަނީ 2020 ވަނަ އަހަރުން ފެށިގެން އެރަށުގައި ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކެއް ހިންގަމުންނެވެ. ދާދިފަހުން ނާޒިލްވަނީ އޭނާގެ ކްލާސް ކުޑަވެ، އެތަން ބާވެފައިވާތީވެ، ގުރުއާން ލާނިން ސެންޓަރެއް އިމާރާތްކުރުމަށްޓަކައި އަމިއްލަ ފަރުދުންގެ ދީލަތި އެހީއަށް އެދި އާއްމުކޮށް އިއުލާނު ވެސް ކޮށްފައެވެ.

އިއްޔެ ރޭ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހާފިޒުން ދަސްވެނިވުމުގެ ހަފުލާގައި ސަނަދު ހާސިލްކުރި 24 ކުދިންގެ ތެރެއިން 6 ކުދިންނަކީ ނައިފަރަށް ނިސްބަތްވާ ހާފިޒުންނެވެ. އަދި މީގެ ތެރެއިން 4 ކުދިންނަކީ ހާފިޒު ޝެއިޚް މުޙައްމަދު ނާޒިލް ގެ ކްލާހުން ގުރުއާން ހިތުދަސްކޮށްފައިވާ ކުދިންނެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement