ފުލުހުންގެ ބޮޑެތި މަރުތަކުގެ އިންވެސްޓިގޭޝަންގެ ވެރިއަކަށް އަލުން ސާމިހު އައްޔަންކޮށްފި

ފުލުހުންގެ ބޮޑެތި މަރުތަކުގެ އިންވެސްޓިގޭޝަންގެ ވެރިއަކަށް އަލުން ސާމިހު އައްޔަންކޮށްފި

1 hour ago - 08:03
Advertisement
Advertisement

ފުލުހުންގެ އިދާރާގެ ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިއަކަށް، ކުރިންވެސް އެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އަލުން އައްޔަންކޮށްފިއެވެ.


ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އާރިފް ބާގިރު މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުންގެ އިދާރާގެ އޮނިގަނޑަށް މި ފަހުން ގެނައި ބަދަލުތަކުގެ ތެރެއިން ސާމިހު ކުރިން ހުންނެވި މަގާމަށް އަލުން ހަމަޖައްސަވާފައިވާ ކަމަށެވެ.


ސާމިހަކީ ރާއްޖޭގައި ހިނގާފައިވާ މަރުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ތަޖުރިބާކާރު އޮފިސަރެކެވެ. އޭނާ މީގެ ކުރިން އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މަރުގެ މައްސަލައިގައި އާންމުންގެ މުޒާހަރާތައް ކުރިއަށް ދަނިކޮށެވެ.


މިދިޔަ އަހަރުގެ މޭ މަހު ސާމިހު ބަދަލުކުރީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ދަށުން ހިންގާ އިންވެސްޓިގޭޝަން ކޮލިޓީ ކޮންޓްރޯލް އެންޑް ކޮމްޕްލިއަންސްގެ މަގާމަށެވެ. ނަމަވެސް، ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށްފަހު އޭނާ އަލުން ހޯމިސައިޑް ޔުނިޓާ ހަވާލުކޮށްފައިވަނީ، މިދިޔަ ފެބްރުއަރީ މަހު އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ރިޓަޔާކުރެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާއަށް ގެނައި އިދާރީ ބަދަލުތަކުގެ ތެރެއިންނެވެ.


މި ބަދަލާއެކު، ކުރިއަށް އޮތް ތަނުގައި މަރުގެ މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement