ރަސްމާލެ މަޝްރޫއުގައި ވެސް އިސްރާއީލު މީހުން އެތެރެވުން މަނާކުރާ ގާނޫނަށް ފުރިހަމައަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން އަލައްބާރު ދެއްވައިފި

ރަސްމާލެ މަޝްރޫއުގައި ވެސް އިސްރާއީލު މީހުން އެތެރެވުން މަނާކުރާ ގާނޫނަށް ފުރިހަމައަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން އަލައްބާރު ދެއްވައިފި

1 hour ago - 18:17
Advertisement
Advertisement

ރަސްމާލޭގައި ތަރައްގީކުރާ މެރީނާ މަޝްރޫއުގައި، އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފައިވާ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި އަމަލުކުރާނެ ކަމުގެ ޔަގީންކަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލައްބާރު ދެއްވައިފިއެވެ.


ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ބިޔަ މަޝްރޫއެއް ހިންގުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ އީގަލް ހިލްސް ކުންފުންޏާއެކު ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައި މިދިޔަ ހަފްތާގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދިނުމަށް ވަނީ ނިންމާފައެވެ.


ނަމަވެސް، މި މަޝްރޫއާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިގެން ދިޔައެވެ. ފާޑުކިޔާ ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ އަލައްބާރުއާ އިސްރާއީލާ ދެމެދު އޮންނަ ގުޅުމެވެ. އަދި މި މަޝްރޫއުގެ ތެރެއިން، އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކޮށްފައި އޮތް އޮތުމަށް ބުރޫއަރައި، ގާނޫނު ބައިޕާސްކޮށް އެ ފަރާތްތަކަށް ރާއްޖެއިން ޕްރޮޕަޓީ ގަތުމުގެ ފުރުސަތު ހުޅުވިދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދިޔައީ ފާޅުކުރަމުންނެވެ. އިސްރާއީލު ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 15 ގައެވެ.

މި މަޝްރޫއުއާ ގުޅޭ ކަންކަމުގައި ރާއްޖެ ވަޑައިގެން އުޅުއްވާ އަލައްބާރު އޮންލައިން ނޫސް "ދައުރު" އަށް ދެއްވި އިންޓަވިއުއެއްގައި، މި މަޝްރޫއުގެ ތެރެއިން އިސްރާއީލު މީހުންނަށް ރާއްޖެ އެތެރެވުމުގެ ނުވަތަ ޕްރޮޕަޓީ ގަތުމުގެ ފުރުސަތު އޮންނާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކަށް އެ ކުންފުނިން ފުރިހަމައަށް އިހުތިރާމްކުރާނެ ކަމަށެވެ. އަދި ވަކި ގައުމެއްގެ ރައްޔިތުން އެތެރެވުން މަނާކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ނަމަ، އެ ނިންމުމަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

                    

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement