ހުޅުމާލޭގައި ނުރައްކާތެރިކޮށް، ކުރީ ފުރޮޅު ހިއްލައިގެން ދުއްވި ސައިކަލެއް ފުލުހުން ޓޯކޮށްފި

ހުޅުމާލޭގައި ނުރައްކާތެރިކޮށް، ކުރީ ފުރޮޅު ހިއްލައިގެން ދުއްވި ސައިކަލެއް ފުލުހުން ޓޯކޮށްފި

1 hour ago - 18:55
Advertisement
Advertisement

ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން، އާންމުންނަށް ނުރައްކާވާ ގޮތަށް ހުޅުމާލޭގައި ދުއްވި ސައިކަލެއް ފުލުހުން ޓޯކޮށްފިއެވެ.


ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ސައިކަލު ޓޯކޮށްފައިވަނީ ރޭ 22:30 ހާއިރުއެވެ. އެގޮތުން، ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ މި ސައިކަލު ޓޯކުރީ، އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އެ މަންޒަރު ފެނިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.


މި ހާދިސާ ހިނގާފައިވަނީ ކިނބިގަސްމަގު، ފްލެޓް 12 ކައިރިންނެވެ. ފުލުހުން ވިދާޅުވީ ދެކުނުން އުތުރަށް ދުއްވާފައި ދިޔަ މި ސައިކަލު ދުއްވާފައިވަނީ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ކަމަށެވެ. މި މައްސަލައާ ގުޅިގެން ސައިކަލް ޓޯކުރުމުގެ އިތުރުން، އެ ސައިކަލު ދުއްވަން އިން އުމުރުން 20 އަހަރުގެ ދިވެހި ފިރިހެން މީހާ ވަނީ ޖޫރިމަނާކޮށްފައެވެ.


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރަމުންގެންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން، މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު ދަނީ ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.


އަދި ބުރިޖު ހައިވޭ މަތީގައްޔާއި، މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެސް އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ތަކުރާރުކޮށް ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement