އީގަލް ހިލްސް އިން ހުޅުމާލޭގައި ތަރައްގީކުރާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ކުރެހުންތައް އާންމުކޮށްފި

އީގަލް ހިލްސް އިން ހުޅުމާލޭގައި ތަރައްގީކުރާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ކުރެހުންތައް އާންމުކޮށްފި

1 hour ago - 18:03
Advertisement
Advertisement

އަބޫދާބީގެ މަޝްހޫރު އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އިން ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ކުރެހުންތައް ރަސްމީކޮށް އާންމުކޮށްފިއެވެ.


ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ އަގުބޮޑު އެއް މަޝްރޫއުގެ ގޮތުގައި ފާހަގަކުރެވޭ، 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ ކުރެހުންތައް ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.


މި ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ހުޅުމާލެ ފޭސް 3 ވިޝަން މާސްޓާޕްލޭންގެ ދަށުން، ސިންގަޕޫރުގެ މަޝްހޫރު ޑިޒައިން ކުންފުންޏެއް ކަމަށްވާ ވާއު އާކިޓެކްޓްސް / ވާނާ ވޮން ޑިޒައިން އިންނެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ އެންމެހައި ވަސީލަތްތަކާއެކު 5،000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ފާހަގަކުރާ ގޮތުގައި މިއީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު އަދި ދެމެހެއްޓެނިވި ހައްލެކެވެ.


އާންމުކޮށްފައިވާ މާސްޓާޕްލޭން ދައްކާގޮތުން، މި ސަރަހައްދުގައި އުސް ރެސިޑެންޝަލް ޓަވަރުތަކާއި، ހިތްގައިމު ވޯޓާފްރަންޓް ޓައުންހޯމްތައް ގާއިމުކުރެވޭނެއެވެ. އަދި މީގެ އިތުރުން މޫދު ކައިރީގައި ބިނާކުރެވޭ ހިތްގައިމު ބޮޑު މިސްކިތެއްވެސް މި ޕްލޭނުގައި ހިމެނެއެވެ.


ހަމައެކަނި ބޯހިޔާވަހިކަމުގެ އިތުރުން، އާންމު ދިރިއުޅުމަށް ބޭނުންވާނެ ފުރިހަމަ ޒަމާނީ ވެއްޓެއް ގާއިމުކުރުމުގެ ގޮތުން ކުޅިވަރު ކުޅޭނެ އިންތިޒާމުތަކާއި، ކެފޭ އަދި ރެސްޓޯރަންޓްތަކާއި، ފިނި މައިޒާންތަކުގެ އިތުރުން މޫދަށް އެރިލާނެ ޚާއްސަ ސަރަހައްދުތަކާއި ވިޔަފާރި ފިހާރަތައް ވެސް މި މަޝްރޫއުގެ ތެރެއިން ތަރައްގީކުރެވިގެންދާނެއެވެ.


މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement