އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އަމާޒުކޮށް ސަރުކާރުން އާ ކުންފުންޏެއް އުފައްދައިފި
ރައީސުލްޖުމުހޫރިއްޔާގެ އޮފީސް / ފޮޓޯ: ރައީސްއޮފީސް

އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އަމާޒުކޮށް ސަރުކާރުން އާ ކުންފުންޏެއް އުފައްދައިފި

11 months ago - 21:21
May 30, 2025 - 21:35
Advertisement
Advertisement

"އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ކުންފުންޏެއް އުފައްދަވާފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ އާބާދީ ބޮޑު ސަރަޙައްދުތަކާއި އާބާދީ ކުޑަ ސަރަޙައްދުތަކުގެ ޢުމްރާނީ ތަރައްޤީ ކުރިއެރުވުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކުންފުނިން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތައް ހިމެނޭކަމަށާއި މިއީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ މަސައްކަތްތަކެއްކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކުންފުނީގެ ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 100 މިލިއަން ރުފިޔާއެވެ. އަދި މިއީ 10 ރުފިޔާގެ 10 މިލިއަން ހިއްސާގެ މައްޗަށް ބެހިފައިވާ އަދަދެއްކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞެއްކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement