ދެކުނުގެ ރަށެއްގައި ޒުވާން އަންހެނަކު ރޭޕްކުރި މައްސަލައިގައި 9 މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ޒުވާން އަންހެނަކު ރޭޕްކުރި މައްސަލައިގައި 9 މީހަކު ހައްޔަރުކޮށްފި

5 hours ago - 15:55
Advertisement
Advertisement

ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި 22 އަހަރުގެ ދިވެހި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ސީރިއަސް ތަހުގީގެއް ފަށައިފިއެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.


މި ހިނގާ މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރި މި މައްސަލައިގައި، ބަޔަކު ގުޅިގެން އަނިޔާވެރި ގޮތަކަށް އެ ޒުވާން އަންހެންމީހާއަށް ޖިންސީ ގޯނާކޮށް ރޭޕްކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. މި މައްސަލައިގެ ތަހުގީގު ފެށިތަނާ އެންމެ ފުރަތަމަ އެކަކު ހައްޔަރުކުރި ނަމަވެސް، ފުލުހުންގެ ތަހުގީގު ފުޅާކޮށް މިހާތަނަށް ޖުމްލަ 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މައްސަލައިގެ ނާޒުކުކަމުން އެ މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން މުޖުތަމަޢު ސިއްސުވާލާފަދަ އިތުރު ނުރައްކާތެރި ޖަރީމާތަކެއް ވަނީ ފަޅާއަރާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިންގެ ނާޖާއިޒު ފައިދާ ނަގައި އެކްސްޕްލޮއިޓް ކުރުމުގެ އަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކެއް ވެސް މި ތަހުގީގުގެ ތެރެއިން ވަނީ ފާހަގަކުރެވިފައެވެ.


މި މައްސަލައިގެ ސީރިއަސްކަން ބޮޑުވުމުން، މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާލެއިން މިހާރު ވަނީ އެ ރަށަށް ފޮނުވާފައެވެ. އެ ޓީމުން މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވެ ހެކި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާއި ގޯނާތަކަކީ މުޖުތަމައުގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަންކަން ކަމަށްވާތީ، މި މައްސަލަ ބަލަމުން ދަނީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކަމަށް ފުލުހުން ބުނެއެވެ. އަދި ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައިގެ އިތުރު ތަފުސީލުތައް މީޑިއާއާ ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement