ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމައިފި
ސިނަމާލެ ބްރިޖްގެ މަސައްކަތްކުރަމުން ދިޔައިރު: ފޮޓޯ-އަބީދު

ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމައިފި

އިންޖިނޭރުންގެ ދުވަހަކީ އޮގަސްޓް 30

11 months ago - 14:41
Advertisement
Advertisement

ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާނީ މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހެވެ.

"ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ގެ ގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީއެވެ. އެހެންކަމުން އެއީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވެއެވެ.

ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކަމުގައިވެވެސް ވަނީ ނިންމަވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement