ޣައްޒާއަށް އެހީވާން ފޮނުވަން އެދި، ކުޑަކަކޫ ޖަހާ މިޞްރުގެ ސިފައިންކުރިމަތީ އާދޭސްކުރުމުންވެސް އަނބުރާ ފޮނުވާލީ!
އާންމުވެފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއްގައި ނަރުސް މީހާ މިޞްރު ސިފައިންގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން

ޣައްޒާއަށް އެހީވާން ފޮނުވަން އެދި، ކުޑަކަކޫ ޖަހާ މިޞްރުގެ ސިފައިންކުރިމަތީ އާދޭސްކުރުމުންވެސް އަނބުރާ ފޮނުވާލީ!

މިޞްރުގެ ފުލުހުންގެ ކުރިމަތީގައި އާދޭސްކުރީ ވޭލްސްގެ ނަރުހެއް

10 hours ago - 13:52
Jun 15, 2025 - 13:54

ތޫނިސް އިން އެއްގަމު މަގުން ޣައްޒާއަށް އެއްގަމުމަގުން ދަތުރުކުރި ގާފިލާގެ ބައިވެރިން މިޞްރުގައި 24 ގަޑިއިރުވަންދެން ބޭތިއްބުމަށްފަހު  މީގެ ދެދުވަސްކުރިން އަނބުރާ ލީބިޔާއަށް ފޮނުވާލާފައިވާއިރު ވޭލްސްގެ ނަރުހަކު މިޞްރުގެ ސިފައިން ކައިރިން އާދޭސް ކުރަމުންދާ ވީޑިއޯއަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެއެވެ. 

މީސްމީޑިއާގައި މިހާރު ވަރަށް ބޮޑަށް ވައިރަލް ވެފައިވާ ވީޑިއޯގައި ފެންނަ ގޮތުން އޭނާ ދިޔައީ ގާފިލާ ކުރިއަށް ދިއުމަށް ހުރަސްއަޅައިގެންތިބި މިޞްތުގެ ސިފައިންގެ ކުރިމަތީގައި ރޮމުން އެމީހުން ޣައްޒާއަށް އެތެރެވާން ހުއްދަ ދިނުމަށް އާދޭސް ކުރަމުންނެވެ.

"އިންސާނިއްޔަތަށްޓަކާއި. ލޯތްބަށްޓަކައި, އިސްލާމް ދީނަށްޓަކައި, އަހަރެމެން މިތިބީ ޣައްޒާގެ މުސްލިމް އަހުންނާއި އުޙްތުންގެ ހައްޤުގައި" އޭނާ ކުރިންވެސް ނަރުހެއްގެ ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް ހިދުމަތްކުރިަކަމަށް ބުނެ މިފަހަރުވެސް އަމިއްލަ ޖީބުން ހަރަދުކޮށްގެ ދަނިކޮށް ހަނަފަސް ސަހަރާގައި ސިފައިން އޭނާގެ ގައިގައި ތެޅިކަަމަށާއި ޣައްޒާއަށް އެތެރެވާން ހުއްދަ ދިނުމަށް އާދޭސް ކުރަމުން އޭނާ ބުންނެވެ.

އިނގިރޭސި ބަހުން އޭނާ ދައްކަމުންދިޔަ ވާހަކަ އަރަތްބަކު އޭރު ދިޔައީ މިޞްރުގެ ސިފައިންނަށް އަރަބި ބަހުންވެސް ތަރުޖަމާކޮށްދެމުންނެވެ.

Advertisement
Advertisement

"ޣައްޒާގެ ތުއްތުކުދިން ބަނޑަށް މަރުވާއިރު ކަލޭމެން ގެ ހިތަށް އަސަރެއް ނުކުރޭތަ!އިންސާނިއްޔަތުކަމަށް އެއްވެސް ލޯތްބެއްވެސް ނެތީތަ! މައިން އެމީހުންގެ ޅަދަރިންނަށް ގާތުން ދޭން މަސައްކަތް ކުރިއަސް އެމީހުންގެ އުރަމަތިތައް ވެސް ހުރީ ހިިކިފަ. މި ކިޔާއެއްޗެއް އެބަ އިޙްސާސްވޭތަ!އިންސާނިއްޔަތާއި ލޯތްބަށްޓަކާއި ފަލަޞްޠީނުގައި ތިބި ކަލޭމެންގެ އަހުންނާއި އުހްތުންނަށް ރަޙުމްކުރޭ" ރޮމުން އޭނާ ދައްކަމުންދިޔަ ވާހަކަތައް ތަރުޖަމާކޮށްދޭން ހުރި މީހާވެސް އެންމެފަހުން ކެތްނުވެގެން އެތަނުން ދިޔައީއެވެ. 

އޭނާ އިތުރަށް ބުނީ މިކަހަލަ ކަމެއް (ޣައްޒާ ޤައުލްއާންމާއި ބަނޑަށް ޖެއްސުން) ދުވަހަކުވެސް ނުފެންނަ ކަމަށާއި ތަޖުރިބާވެސް ނުކުރާ ކަމަށެވެ. އޭނާއަކީ ނަރުހެއް ކަމަށާއި ޣައްޒާގެ ކުޑަކުދިންނަށް އެހީވުމަށް ދާން ފޮނުވާތޯ ކުޑަކަކޫ މައްޗަށް ތިރިވެސް ވެދާނެކަމަށް ސަފަކަށް އެތުރިގެން ތިބި ސިފައިންގަ ކައިރިން ވަރަށް ގިނަ އިރުވަންދެން އޭނާ އާދޭސް ކުރިއެވެ.

އެންމެ ފަހުން މިޞްރުގެ ސިފައިންގެ ކުރިމަތީގައި އޭނާވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައެވެ. 

"އާދޭސް ކޮށްފައި ބުނަން. އަހަރެމެން ހިނގާފައި ޣައްޒާއާ ހަމައަށް ދިޔަދީ. އަހަރެމެން މިދަނީ ސުލްހަވެރިކަމާއެކު. އަހަރެމެންނަކީ މުސްލިމުން.,އެތީސްޓުން, ނަޞޯރާއިން އަދި ޔަހޫދީން. އެކަމަކު އަހަރެމެންނަކީ އިންސާނިއްޔަތުކަން. އަހަރެމެން މިތާ މިތިބީ އިންސާނިއްތަށްޓަކާ. ކަލޭމެން މިތާ ތި ތިބިބީ ކޮންކަމަށް!ތިހެން އަމުރު ތަންފީޒުކުރަން މިތާ ތިބެން ހެޔޮނުވާނެ." ކުޑަކަކޫ މައްޗަށް ތިރިވިއިނދެ އޭނާ އާދޭސްކުރަމުން ދިޔައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow