މަސްތުވާތަކެއްޗާއެކު 60 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި
އަފީފް އަތުން ފެނުނު މަސްތވާތަކެތި: ފޮޓޯ-ފުލުހުންގެ ޚިދުމަތް

މަސްތުވާތަކެއްޗާއެކު 60 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި

11 months ago - 13:00
Jun 15, 2025 - 13:00
Advertisement
Advertisement

މަސްތުވާތަކެއްޗާއެކު 60 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައިގައި ހައްޔަރުކުރީ ހ. މެޑޯސްވީޓް / މާލެ، އަޙްމަދު ޢަފީފް (60އ) އެވެ.  

އަޙުމަދު އަފީފް ހައްޔަރުކުރީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު ހުޅުމާލެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހައްޔަރުކުރީ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ހުޅުމާލެ 10 ނަންބަރު ފްލެޓުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރުކުރީ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަފީފް ހުއްޓުވައި، އޭނާ އެވަގުތު ހުރިތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އަފީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 10 ދުވަހު ބަންދުގެ މުއްދަތެއް ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement